ދިވެހިރާއްޖެ
މިއިދާރާއިން ދޭ ލިސްޓާ އެއްގޮތަށް އެތްލެޓިކްސް ޙަރަކާތަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ސެޕްޓެމްބަރ 2025ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން ނޭކުރެންދޫ ކައުންސިލް އިދާރާގެ ކައުންޓަރަށް ނުވަތަ [email protected] އަށް އީމެއިލް މެދުވެރިކޮށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18) އަދި (ޤާނޫނު ނަންބަރު:2014/19) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ ފަރާތްތަކަށެވެ. މިއިޢުލާނާއި ގުޅޭ އެތްލެޓިކްސް ޙަރަކާތަށް ބޭނުންވާ ތަކެތީގެ ލިސްޓު، އެޓޭޗްކުރެވިފައިވާނެއެވެ.
މި މަސައްކަތުގައި މާކްސްދެވޭނެ ގޮތުގެ ތަފްސީލް ތިރީގައިވާ ތާވަލުގައި އެވަނީއެވެ.
މާކްސްދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފްޞީލް |
ފޯމިއުލާ |
މަސައްކަތުގެ އަގު |
80% |
|
(Benchmark Price / Submitted Price) x Allocated Percentage |
މުއްދަތު |
20% |
|
(Benchmark Delivery Period / Submitted Delivery Period) x Allocated Percentage |
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.