ދިވެހިރާއްޖެ
މި އޮތޯރިޓީގެ އޮފީސް އިމާރާތުގައި މިހާރު ބޭނުން ކުރަމުންދާ އަލިފާން ނިންވުމަށް ބޭނުން ކުރަމުންދާ ފުޅިތަކާއި އާލާތްތައް ދެއަހަރުގެ މުއްދަތަށް ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކޮށްފައިވާ ނަންބަރު (IUL)221-ASS/221/2025/01 (06 ޖެނުއަރީ 2025) އިއުލާނާއި ގުޅިގެން ދެވުނު މައުލޫމާތު ބަދަލުވެފައިވާތީ، އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް މައުލޫމާތު ޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ.
މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2025 ސެޕްޓެމްބަރ 02 ވާ އަންގާރަ ދުވަހުން ފެށިގެން 2025 ސެޕްޓެމްބަރ 09 ވާ އަންގާރަ ދުވަހުގެ 13:00 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
ލިންކް: https://forms.office.com/r/uhUZg9J8TT
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.