މަޤާމު:
|
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު:
|
1
|
ވަޒީފާ އަދާކުރާ އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް
|
ގްރޭޑް:
|
7
|
ސްޕައިން ޕޮއިންޓް:
|
31
|
މުސާރަ:
|
މަހަކު 8850.77 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 3793.19ރުފިޔާ
|
ވަޒީފާގެ ބާވަތް:
|
ދާއިމީ
|
އިނާޔަޔްތައް:
|
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
- ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
- ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
- ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
- ސްޓާފް ޖިމް ފެސިލިޓީ
- ލައިބްރަރީ މެމްބަޝިޕް
|
މަގާމުގެ ޝަރުތު:
|
- މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސެޓިފިކެޓެއް ހާސިލްކޮށްފައިވުމާއެކު 1 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ރަސްމީ ދުވަސްތަކުގައި އޮފީސް ހުޅުވާ ލެއްޕުން އަދި ނުރަސްމީގަޑީގައި އޮފީސް ހުޅުވަން ޖެހިއްޖެނަމަ ވެރިޔާގެ ހުއްދަ އާއިއެކު އޮފީސް ހުޅުވާ ލެއްޕުން.
- އޮފީހައް ބޭނުންވާ ތަކެތި އޯޑަރުކޮށް ސިސްޓަމަށް އެޅުމާއި، ދޫކުރުމާއި، ޤަވާއިދާއި އެއްގޮތަށް ރެކޯޑު ބެލެހެއްޓުން.
- ހަރުމުދަލުގެ ރެކޯޑު ނީލަން ޕޯޓަލްގައި އަޕްޑޭޓްކޮށް ބަލަހައްޓައި، ނީލަން ކިޔަންޖެހޭ ތަކެތި ނީލަން ކިޔުން.
- ޕެޓީކޭޝް އިން ކުރަންޖެހޭ ޚަރަދުތައް ކުރުމާއި ޤަވާޢިދާއި އެއްގޮތަށް ޕެޓީކޭޝް ރިޕޯޓުތައް ފޮނުވުން.
- މަރާމާތު ލޮގު ބެލެހެއްޓުމާއި، މަރާމާތުކުރުވުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، ސުޕަވައިޒްކުރުމާއި، މައްސަލައެއް ދިމާވެއްޖެނަމަ ކަމާގުޅޭ ފަރާތްތަކަށް އަންގައިގެން އެ މައްސަލަ ޙައްލުކުރުމާއި، މަސައްކަތް ނިމުމުން ރިޕޯޓު ތައްޔާރުކޮށް ފޮނުވުން.
- ކަނޑައެޅިފައިވާ އުސޫލުތަކާއިއެގޮތަށް ޤަވާއިދުން ވޯކްޝޮޕް އަދި ލެބޯޓްރީގެ އިންވެންޓްރީ ބެލެހެއްޓުމާއި ދުވަހުންދުވަހަށް މުރާޖާކޮށް އަޕްޑޭޓްކުރުން.
- ދަރިވަރުންގެ އަމަލީ ހަރަކާތްތަކަށް ބޭނުންކުރާތަކެތި ރޫޓިންކޮށް ޗެކްކުރުމާއި ރިފިލް/ސާރިވިސް ކުރުވުމުގެ މަސައްކަތް ބެލެހެއްޓުން.
- ކޮންމެ ޓާމެއްގެ ކިޔެވުން ފެށުމުގެ ކުރިން މާއްދާތަކުގެ ހާޒިރީ ފައިލްތައް ތައްޔާރުކުރުމާއި، ދަރިވަރުންގެ ރަޖިސްޓްރީ އާއި ލެކްޗަރަރުންގެ ކަރެސްބޮންޑެސް އާއި ދަރިވަރުންގެ އެންމެހާ ރެކޯޑްތައް ބެލެހެއްޓުން.
- ކޯސްތަކުގައި ކިޔަވާދެއްވާ ލެކްޗަރަރުންނަށް ބޭނުންވާ ޑޮކިއުމަންޓްސްތައް ޕްރިންޓް ކުރުމާއި، ދެއްވާ ޕޭޕަރުތައް ފޮޓޯކޮޕީ ހައްދާ ލެކްޗަރަރުންނާއި ހަވާލު ކުރުން.
- ސެންޓަރުން ބޭރުގައި އަދި ރަށްރަށުގައި ހިންގާ ތަމްރީނު ޕްރޮގްރާމްތަކާއި ކޯސްތަކަށް ބޭނުންވާ އެންމެހައި ތަކެތި ރައްކާތެރިކަމާއެކު ފޮނުވުމާއި، އެ ތަކެތި އަނބުރާ ސެންޓަރަށް ގެނައުމާ ގުޅޭ އެންމެހައި މަސައްކަތްތައް ހަރުދަނާކަމާއެކު ވިލަރެސްކޮށް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފުރިހަމަކުރުން.
- ލެކްޗަރަރުން ދަރިވަރުންނަށް އަންގަވާ އެންގެވުންތަކާއި، ޓައިމްޓޭބަލްތައް ނޯޓިސްބޯޑުގައި ޖެހުމާއި، ކެންސަލްވާ ކުލާސްތަކާއި، އެކްސްޓްރާ ކުލާސްތަކާބެހޭ ގޮތުން ދަރިވަރުންނަށް އެންގުން.
- ދަރިވަރުންގެ ހާޒިރީ ޗެކްކޮށް ރިޕޯޓް ތައްޔާރުކުރުން. އަދި ދަރިވަރުންގެ އެމް.ސީ ތައް ގަވައިދުން ފައިލްކޮށް ބެލެހެއްޓުން.
- ސެންޓަރަށް އަންނަ ލިޔެކިޔުންތައް ބަލައިގަނެ، އެންޓްރީ ކުރުމާއި، ތަންތަނަށް ފޮނުވަންޖެހޭ ސިޓީ، އީމެއިލް، ފަދަ ތަކެތި ފޮނުވަންޖެހޭ ފަރާތަށް ފޮނުވުމާއި ފައިލް ކޮށްބެލެހެއްޓުން.
- ސަބްޖެކްޓް އިވެލުއޭޝަން ހަދާ، ރިޕޯޓު ތައްޔާރުކުރުން.
- ދަރިވަރުންނާއި ލެކްޗަރަރުންނަށް ބާއްވާ މީޓިންތަކުގެ އިންތިޒާމް ހަމަޖައްސާ ބެލެހެއްޓުން. އަދި މީޓިން ތަކުގެ ޔައުމިއްޔާ ލިޔެ ފައިލްކޮށް ބެލެހެއްޓުން.
- ސެންޓަރުގެ ސެކިރިޓީ އަދި ސަޕޯޓް ސްޓާފުންގެ ދުވަހީ މަސައްކަތްތައް ވިލަރެސްކޮށް، އެމުވައްޒަފުންގެ ޙާޟިރީއާއި އިދާރީ އެންމެހައި ކަންކަން ހަރުދަނާކަމާއެކު ބެލެހެއްޓުން.
- ޕަވާރކެމްޕަސް އިން ސެކުޝަންތައް ތައްޔާރުކޮށް ސެލްފްސާރވިސްއަށް އެކުސަސް ދިނުމާއި ޓައިމްޓޭބަލް ޕަވާރކެމްޕަސް އަށް އެންޓަރކުރުމާއި ގެންނަ ބަދަލުތައް ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ސެލްފް ސާރވިސް އާއި މޫޑުލް އަށް އެކްސަސް ވުމުގައި ދަރިވަރުން އަދި ލެކްޗަރާއިންނަށް ދިމާވާ މައްސަލަތައް ސްޓޫޑަންޓް ސާރވިސް އަށް އަންގައިގެން ރަގަޅުކުރުން އަދި ރަޖިސްޓްރޭޝަންގެ މައްސަލަތައް ހައްލުކުރުން.
- ކެމްޕަސްތަކަށް ދަތުރުކުރާ ލެކްޗަރާއިންގެ ދަތުރުތަކުގެ ޓިކެޓް ބުކްކޮށް ދަތުރުގެ އެންމެހައި އިންތިޒާމްތައް ހަމަޖައްސައިދިނުން.
- ސެންޓަރުގައި ބޭއްވޭ އެންމެހައި އިމްތިހާނުތަކާ ގުޅޭ ކަންކަން ރާވައި، ހަރުދަނާ ގޮތެއްގައި އިންތިޒާމުކުރުމާއެކު، އެ އިމްތިހާނުތައް އެކަށީގެންވާ މިންގަނޑުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމުގެ މަސްއޫލިއްޔަތު އަދާކުރުން.
- ކުރުމުއްދަތުގެ ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކުރާ ދަރިވަރުންގެ ސަނަދުތައް ތައްޔާރުކުރުމާއި، މިކަމާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތައް ބެލެހެއްޓުމާއި އަދި ސަނަދުތައް ދަރިވަރުންނާ ހަވާލުކުރުން.
- ކިޔެވުން އޮންނަ ދުވަސްތަކުގައި ޑިއުޓީ ތާވަލާ އެއްގޮތަށް ޑިއުޓީ ބަލެހެއްޓުން.
- އިދާރީ މުވައްޒަފަކު ސަލާމްބުނެ ނުވަތަ ޗުއްޓީއެއް ނަގައިފިނަމަ ހަމަޖައްސާ އުސޫލުގެ މަތީން އެމުވައްޒަފަކާއި ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރުން.
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
2025 ސެޕްޓެންބަރު 09 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNUHR-2025-150
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345143 ނަންބަރު ފޯނަށެވެ.
|