މުލަކަތޮޅު ނާލާފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މ.ނާލާފުށީ މެޖިސްޓްރޭޓް ކޯޓުގައި ކުލަލުމުގެ މަސައްކަތް ކުރާނެ ފަރާތެއް ބޭނުންވެއްޖެ

މ. ނާލާފުށީ މެޖިސްޓްރޭޓް ކޯޓްގައި ކުލައާއި،ދަވާދުލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 ސެޕްޓެމްބަރ 2025 ވާ އާދީއްތަ ދުވަހު 11:00 އަށް މ.ނާލާފުށީ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހު 11:00 އަށް މިކޯޓަށް އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ.  އަންދާސީ ހިސާބު ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

  މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން، ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއާއެކު އައިޑީ ކާޑު ގެންނެވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ.

02 ސެޕްޓެންބަރު 2025
ހޯދާ