އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރ

މަޤާމް

އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރ

ބޭނުންވާ ޢަދަދު

 2 (ދޭއް)  

މަސައްކަތް ކުރަންޖެހޭ ތަން

އެންޓި-ކޮރަޕްޝަން ކޮމިޝަން (ހުރަވީ ބިލްޑިންގ)

މުސާރައާއި ޢިނާޔަތްތައް

  1. މުސާރަ: -/11,000 ރުފިޔާ
  2. ސަރވިސް އެލަވަންސް: -/8,000 ރުފިޔާ

ޝަރުޠު

  1. ޤާނޫނީ ދާއިރާއިން ނުވަތަ ޝަރީޢަތާއި އަދި ޤާނޫނުގެ ދާއިރާއިން ނުވަތަ އެކައުންޓިންގ ނުވަތަ އޮޑިޓިންގގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން.
  2. ދިވެހިބަހުންނާއި އިނގިރޭސިބަހުން ރަނގަޅަށް އިބާރާތްކުރަން އެނގުމާއެކު، ފަރިތަކަމާއިއެކު މުއާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
  3. އުމުރުން 55 އަހަރު ވެފައި ނުވުން.
  4. ޤާނޫނީ ދާއިރާއިން ތަޢުލީމް ޙާސިލްކޮށް، ތަޙްޤީޤު ކުރުމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު

ދައުލަތުގެ މުވައްޒަފުން ދައުލަތުގެ ފައިސާއަށާއި މުދަލަށް ޚިޔާނާތްތެރިވުމާއި، ރިޝްވަތުހިފުމާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދުމާއި، މިނޫނަސް ގަވާއިދު ހުއްދަނުކުރާ ގޮތްގޮތުން އަމިއްލަފައިދާ ހޯދުމާއި، ވަކިމީހަކަށް ނުވަތަ ވަކިބަޔަކަށް ނުޙައްޤު ފައިދާއެއް ހޯދައިދިނުމަށް ކުރާ ކަންތައްތަކާ ބެހޭގޮތުން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާއި، މިބާވަތުގެ ކަންތައްތަކުގެ ތެރެއިން ކޮމިޝަނުން ބަލަން ހަމަޖައްސާ މައްސަލަތައް ތަޙްޤީޤުކުރުން. 

ހުށަހަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.
  2. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ ޑިގްރީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  3. ސެޓްފިކެޓް އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓް ކޮށްފައިވާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  4. ސެޓްފިކެޓް އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީއިން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  5. އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެވަނަވަރު.
  7. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުމެއް.
  8.  އައިޑީ ކާޑްގެ ފޮޓޯކޮޕީ.
  9. ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާއަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

ސުންގަޑި

19 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 15:00ގެ ކުރިން

އިތުރު މަޢުލޫމާތު

  1. އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހޭނީ މިކޮމިޝަނުގެ ކައުންޓަރަށެވެ.
  2. އެޕްލިކޭޝަން ފޯމް އޮންލައިން ކޮށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ހުށަނޭޅޭނެއެވެ.
  3. އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވިފައިވާ ކެންޑިޑޭޓުންނަށެވެ.
  4. ވަޒީފާއަށް އެދޭ ފޯމް މިކޮމިޝަނުގެ ކައުންޓަރުންނާއި، މިކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  5. މަޢުލޫމާތު ފުރިހަމަނުވެ ހުންނަ ފޯމާއި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެއެވެ.
  6. ފޯމް ބަލައިގަތުމަށްފަހުގައިވެސް ޞައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުޠުހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެފޯމެއް ބާޠިލްކުރެވޭނެއެވެ.
  7. ވަޒީފާއަށް މީހުން ހޮވުމުގައި ވަޒީފާގެ ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯނު ނަންބަރު: 3015214 / 3015200

ފެކްސް ނަންބަރު: 3317182

އީމެއިލް: [email protected]

08 އޮކްޓޫބަރު 2015
ހޯދާ