ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު (IUL)417-SED/417/2025/135 (12 އޯގަސްޓް 2025) އިޢުލާނާއި ގުޅިގެން ދަންނަވަމެވެ.
މިކައުންސިލާއި ހޯނޑެއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ވިދާތަރި ހޯނޑެއްދޫ ކައުންސިލް މަދަޙަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލެވި ގިނަ ފަރާތްތަކުން މިމުބާރަތުގައި ބައިވެރިވެފައިވީނަމަވެސް މުބާރާތުގެ ޤަވާޢިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަދަހައިގެ ލިރިކްސް ގިނަ ފަރާތްތަކުން ހުށަހަޅުއްވާފައިނުވާތީ ލިރިކްސް ހުށަހެޅުމުގެ ފުރުސަތު ވަނީ އިތުރު ކުރެވިފައެވެ.
ވީމާ، މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުން 2025 ސެޕްޓެމްބަރ 9 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް މެދުވެރިކޮށް ނުވަތަ މިއިދާރާއަށް ވަޑައިގެން މަދަހައިގެ ލިރިކްސް ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.