ދިވެހިރާއްޖެ
އަރިއަތޮޅު އުތުރުބުރީ ފެރިދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލަމެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 (ދެހާސް) އަކަފޫޓުގެ 133 (ސަތޭކަ ތިރީސް ތިނެއް) ގޯއްޗެވެ. ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ފާސްކޮށްފައިވާ އއ.ފެރިދޫ ލޭންޑް ޔޫސް ޕްލޭން ގައި ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދު ތަކުންނެވެ.
ވީމާ، އިއުލާނާއެކު ގެޒެޓްކުރެވިފައިވާ "އއ.ފެރިދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޢުޞޫލު" ގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ގެވަޅަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލަމެވެ.
ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ 02 ސެޕްޓެމްބަރ 2025 އިން 22 ސެޕްޓެމްބަރ 2025 ގެ ނިޔަލަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށެވެ. އިތުރު މައުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރ 6660545 ފޯނާއެެވެ.