ދިވެހިރާއްޖެ
އިޢުލާން
ބަދިގެ ބާކީއާއި ކަރުގޮހޮރު އަޅާ ސަރަހައްދު ގައި ހަދާފައިވާ ކޮށްޓަށް އިތުރު ކުރާބައި ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
މި ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ބަދިގެ ބާކީއާއި ކަރުގޮހޮރު އަޅާނެ ސަރަހައްދުގައި ހަދާފައިވާ ކޮޓަށް އިތުރުކުރާބައި ހަދާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހު ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، 11 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މާފަރު ކައުންސިލް އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަން |
ތާރީޚް |
ގަޑި |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ނ.މާފަރު ކައުންސިލް އިދާރާ |
03 ސެޕްޓެމްބަރ 2025 (ބުދަ) |
13:00 |
އަންދާސީ ހިސާބު ހުށަހެޅުން |
ނ.މާފަރު ކައުންސިލް އިދާރާ |
11 ސެޕްޓެމްބަރ 2025 (ބުރާސްފަތި) |
13:00 |
މި ބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.