ދިވެހިރާއްޖެ
ގއ.ނިލަންދޫ ކައުންސިލްގެ "ރާވެރިޔާ ވޮލީ މުބާރާތް 2025" ގައި ކުއްޔަށް ދޭ ކޮޓަރި އަދި ޕިކަަޕް ދަތުރު ކޮށްދެވޭނެ ފަރާތްތަށް ހިމެނޭ ކެޓަލޮގެއް ތައްޔާރުކުރުމާއި ގުޅޭ
ގއ.ނިލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން 01 ނޮވެމްބަރ 2025 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރާވެރިޔާ ވޮލީ މުބާރާތް 2025 ގެ މެޗްތައް ކުރިއަށް ދާ ދުވަސްތަކުގައި ރަށްރަށުން އަންނަ ޓީމްތައް މަޑުކުރުމަށް ދުވަހު ކުއްޔަށް ދެވޭނެ ތަންތަނާއި ކުއްޔައްދޭ އަގުގެ އަދި އެދުވަސްތަކުގައި ރަށު ޕިކަޕް/ ޕިކަޕް އިން ދަތުރުކޮށްދޭ އަގުތައް ހިމެނޭ ކެޓަލޮގެއް ކައުންސިލްގެ ފަރާތުން ތައްޔާރުކުރުމަށް ބޭނުންވެއެވެ.
އެހެންކަމުން މުބާރާތް ކުރިއަށްދާ ދުވަސްތަކުގައި ކުއްޔަށް ކޮޓަރި ކުއްޔަށް ދޫކުރުމަށް ބޭނުންވާ ފަރާތްތަކުންނާއި ޕިކަޕް ދަތުރުތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ފޯރމް ފުރުއްވުމަށްފަހު 11 ސެޕްޓެމްބަރ 2025 ގެ ކުރިން [email protected] މެއިލް އަށް މެއިލްކުރެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ނުވަތަ 4000012 ނަމްބަރަށް ގުޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މިކެޓަލޮގްތައް ކައުންސިލްގެ ފަރާތުން ޓީމްތަކާއި ހިއްސާކުރެވިގެންދާނެއެވެ.
ނޯޓް: ކުއްޔަށްދޭ ކޮޓަރީގައި ފާހާނާއެއް އެޓޭޗް ކުރެވިފައި ހުންނަންވާއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.
އިޚްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.
09 ރަބިޢުލްޢައްވަލް 1447