މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
10 (ދިހަ) މޮޓޯރ ސައިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

އަންދާސީހިސާބުބޭނުންވެއްޖެ.

10 (ދިހަ) މޮޓޯރ ސައިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް މީގެ ކުރިން ކުރި މި ވުޒާރާ ގެ ނަންބަރު (IUL)28-FA-1/1/2025/139 އިޢުލާނާއި ގުޅިގެން ހުށަހެޅި ބައެއް ހުށަހެޅުންތައް ފާސް ނުވާތީ އާއި ފަސްވާ ހުށަހެޅުންތަކުގެ އަގުތައް ބޮޑު ކަމަށް ފެންނާތީ އެއަގުތައް ބާޠިލްކޮށް އައު ޓެކްނިކަލް ސްޕެސިފިކޭޝަނަކާއެކު މި ކަމަށް އަލުން އިޢުލާންކުރީމެވެ.

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު ޝާޢިއުކޮށްފައިވާނެއެވެ. މި މަޢުލޫމާތު ޝީޓަށް އެއްވެސް ބަދަލެއް މި ވުޒާރާ ގެ ފަރާތުން ގެންނަނަމަ އެ ބަދަލެއް ހިމެނޭ މަޢުލޫމާތު ޝީޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކުރެވޭނެއެވެ. ވީމާ، މި އިޢުލާނައި ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވުމުގެ ކުރިން، މި ކަމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުންއެދެމެވެ. މި މަސައްކަތާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް އޮޅުންފިލުއްވުމަށް ބޭނުންފުޅުވާނަމަ ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވައިދެއްވުންއެދެމެވެ.

މި ކަމަށް އަންދާސީހިސާބު ހުށަހަޅުއްވާނީ 11 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ 11:00 އަށް މި ވުޒާރާ އަށް ހާޟިރުވެއެވެ. އަންދާސީހިސާބާއެކު ބިޑް ސެކިއުރިޓީގެ ގޮތުގައި 286.00ރ (ދުއިސައްތަ އަށްޑިހަ ހަ ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަން ޖެހޭނެއެވެ. ބިޑް ސެކުރިޓީގެ މުއްދަތަކީ ހުށަހަޅާ ތާރީޚުން ފަށައިގެން 90 (ނުވަދިހަ) ދުވަހެވެ. މި ބިޑް ސެކިއުރިޓީ ހުށަނާޅުއްވާ ފަރާތްތަކުގެ އަންދާހިސާބު ބާޠިލްވާނެއެވެ. ބިޑް ސެކިއުރިޓީ އާއި ގުޅޭ އިތުރު މަޢުލޫމާތު މިކަމަށް ތައްޔާރުކޮށްފައިވާ މަޢުލޫމާތު ޝީޓްގައި ހިމަނާފައިވާނެއެވެ.

  • އީމެއިލް އެޑްރެސް: [email protected]
  • ފޯން: 3327881 (ރަސްމީ ދުވަސް ދުވަހު 09:00 – 13:00)
  • ވަޓްސްއެޕް، ޓެލެގްރާމް، ވައިބަރ މެދުވެރިކޮށް މެސެޖުކުރެއްވުމަށް: 9772601
  • ވެބްސައިޓް: https://defence.gov.mv

 

‏9‏ ރަބީޢުލްއައްވަލް‏ 1447

‏1‏ ސެޕްޓެމްބަރ‏ 2025

 

 

 
01 ސެޕްޓެންބަރު 2025
ހޯދާ