ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުނިކަހާ، ފޮޅާ، ސާފު ކުރުމުގެ މަސައްކަތް 1 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ބީލަން ހުޅުވާލުން

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އުފަންހިޔާ އިމާރާތާއި ގޯތި ކުނިކަހާ، ފޮޅާ، ސާފު ކުރުމުގެ މަސައްކަތް 1 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުގައި ބީލަމާބެހޭ ލިޔުންތައް ހޯދުމަށް ރިސެޕްޝަން ކައުންޓަރަށް ސިޓީ ހުށަހެޅުއްވުމަށްފަހު، ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ބީލަމާބެހޭ ލިޔުންތަކުގެ އަގަކީ -/50 ރުފިޔާއެވެ.

  • ބީލަމާބެހޭ ލިޔުންތައް ހޯދުމަށް ސިޓީ ހުށަހެޅުއްވުމުގެ މުއްދަތު

6 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 12:00 ން 13 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 16:00 އަށް ރިސެޕްޝަން ކައުންޓަރަށް.

  • ޕްރިބިޑް މީޓިން

15 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 11:00 ގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އޮފީހުގެ މީޓިން ރޫމްގައި.

  • ޕްރޮޕޯސަލް ހުށަހެޅުން

22 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 11:00 އަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އޮފީހުގެ މީޓިން ރޫމްގައި.

ބީލަމާބެހޭ ލިޔުންތައް ނަންގަވާފައި ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ކަމުގައި ދެންނެވީމެވެ.

22 ޛުލްޙިއްޖާ 1436  

06 އޮކްޓޫބަރު 2015
ހޯދާ