މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ފަރުނީޗަރު ހޯދުމަށް

އިޢުލާން

މި މިނިސްޓްރީއަށް ތިރީގައި މި ދަންނަވާ ފަރުނީޗަރު ހޯދުމަށް ކުރެވުނު ނަންބަރު: (IUL)459-A/1/2015/92 އަށް އެކަށީގެންވާ ތަރުޙީބެއް ނުލިބުމުގެ ސަބަބުން، މި އިޢުލާން ބާޠިލުކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

  • 16 (ސޯޅަ) އެގްޒެކްޓިވް ގޮނޑި
  • 1 (އެކެއް) އެގްޒެކްޓިވް ގޮނޑި
  • 1 (އެކެއް) އެގްޒެކްޓިވް މޭޒު
  • 2 (ދޭއް) ކޮންފަރެންސް މޭޒު

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހު 10:00 އަށް މި މިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 19 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހު 10:00 އަށް މި މިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެއަށް) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

20 ޛުލްޙިއްޖާ 1436

08 އޮކްޓޫބަރު 2015
ހޯދާ