ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
މިސްކޫލްގެ ކެންޓީން ހިންގައިދޭނެ ފަރާތެއް ހޯދުމަށް

ސްކޫލް ކެންޓީނު ހިންގާނެ ފަރާތެއް ހޯދުން

  1. މި ސްކޫލުގެ ކެންޓީނު ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މިޕްރޮޖެކްޓްގައި ބައިވެރިވުމަށް 02 ސެޕްޓެންބަރު 2025 އިން  09 ސެޕްޓެންބަރު 2025 ގެ ނިޔަލަށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 10 ސެޕްޓެންބަރު 2025 ވަނަ ދުވަހުގެ 13:00ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 14 ސެޕްޓެންބަރު 2025  ވަނަ ދުވަހުގެ 11:00 ގައިމި ސްކޫލުގެ ކޮންފަރެންސް ރޫމުގައެވެ.
  6. މިޕްރޮޖެކްޓާއިގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  7. މިޕްރޮޖެކްޓާއިގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޝަރަފުއްދީން ސްކޫލް

 ހިތަދޫ، އައްޑޫ

 ފޯން: 7030-688

    އީ-މެއިލް: [email protected]

01 ސެޕްޓެންބަރު 2025
ހޯދާ