ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސީނިޔަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ފ.އަތޮޅު ތަޢުލީމީ މަރުކަޒު

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

 ފ.ނިލަންދޫ، ދިވެހިރާއްޖެ

                                                     ނަންބަރ: (IUL)GS-37-HR/GS-37/2025/16

އިޢުލާނު

މަޤާމުގެ ނަންބަރު:

ސީނިޔަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު

J-416709

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން

ސީނިޔަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފ.އަތޮޅު ތަޢުލީމީ މަރުކަޒު / ފ.ނިލަންދޫ

މުސާރަ:

6295.00 ރުފިޔާ

ސަވިސް އެލަވަންސް:

2000.00 ރުފިޔާ

އެހެނިހެން އެލަވަންސްތައް

  1. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 900.00 ރުފިޔާ
  2. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މަހަކު މުސާރައިގެ %35
  3. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އަދި ރަމަޟާންމަހުގެ އިނާޔަތު ފައިސާ
  4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  5. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސް ފަރުވާގެ ޚިދުމަތް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ވަޒީފާތަކަށް މީހުން ހޯދުމަށްޓަކައި ސިވިލް ސަރވިސްގެ މުވައްޒަފުން އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކާއި އެއްގޮތަށް މުވައްޒަފުން ނެގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގައިވާ އުޞޫލާ އެއްގޮތަށް، މަސައްކަތު ފެންވަރު ބެލުމުން ޖެހިޖެހިގެން 02 އަހަރު %85 އަށްވުރެ މަތިން މާރކްސް ހޯދާ ޓީޗަރުންނަށް ވަޒީފާގެ ކުރިއެރުން ހަމަޖެއްސުމަށްޓަކައި ވިއުގަ މެދުވެރިކޮށް ރިކުއެސްޓްކުރުމާއި ރެކޯޑު ބެލެހެއްޓުން.
  3. ސިވިލް ސަރވިސް ކޮމިޝަނުން ފޮނުވާ ސަރކިއުލަރތަކާއި ސަރކިއުލަރ ނޯޓާއި ސިޓީތަކާ ގުޅިގެން އެޑްމިނިސްޓްރޭޓަރގެ ލަފާގެ މަތިން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ވަޒީފާއާއިބެހޭ ޤާނޫނުތަކާއި ޤަވާއިދުތަކާ ސަރކިއުލަރތަކުގައި ހިމެނޭ މަޢުލޫމާތު ދުވަހުން ދުވަހަށް ދެނެގަނެ އެމަޢުލޫމާތުތައް މުވައްޒަފުންނާއި ހަމައަށް ފޯރުވައި ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  4. އަލަށް ވަޒީފާ ހަމަޖެހޭ މުވައްޒަފުންނަށް އީ-އެޑްމިން ޔޫސަރ ކްރިއޭޓްކުރުމާއި، ފިންގަރ ޕްރިންޓް މެޝިން އައި.ޑީ، މީމިސް އެކައުންޓް، ސަރުކާރުގެ އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް ލޮގިން، އޮފީސް މެއިލް ކްރިއޭޓް ކުރުން އަދި މުވައްޒަފަކު ވަޒީފާއިން ވަކިވުމުން އެމުވައްޒަފަށް ދީފައިވާ އެންމެހައި އެކްސެސްތައް ކަނޑާލުމާއި ރެކޯޑު ބަލަހައްޓަމުން ދިއުން.
  5. ސުޕަރވައިޒްކުރަން ޙަވާލުކޮށްފައިވާ މުވައްޒަފުންގެ މަސައްކަތްތައް ބަލައި ޗެކްކުރުމާއި، އެމުވައްޒަފުންގެ މަންތްލީ ލޮގް ފުރިހަމަކޮށް، އެޕްރައިޒަލްއަށް މަހުން މަހަށް މާރކްސް ދޭންޖެހޭ ބައިތަކަށް މާރކްސްދިނުމާއި، މުވައްޒަފުންނަށް ރަނގަޅު އިރުޝާދު ދިނުން.
  6. ސްކޫލުގައި ވަޒީފާ އަދާކުރާ/އަދާކޮށްފައިވާ ފަރާތްތަކުން ވަޒީފާގައި އުޅޭ/އުޅުނުކަން އަންގައިދޭ ލިޔުން ހޯދުމަށް އެދި ހުށައެޅުމުން، އެފަރާތްތަކަށް ލިޔުން ޙަވާލުކުރުން.
  7. މުވައްޒަފުންގެ ދާއިމީ ރަޖިސްޓްރީއާއި ވަގުތީ މުވައްޒަފުންގެ ރަޖިސްޓްރީއަށް އަންނަ އުނިއިތުރު ލިޔެ ބެލެހެއްޓުން.
  8. ސްކޫލުގެ އޯގަނައިޒޭނަޝަލް ޗާޓު ތައްޔާރުކޮށް، ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވުމާއި، ސްކޫލުގައި ޑިސްޕްލޭ ކުރުން.
  9. މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގތައް ދެނެގަނެ ސްޕަވައިޒަރުންގެ ލަފަޔާއިއެކު، ކަނޑައެޅިފައިވާ ވަގުތަށް ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓަށް ފޮނުވުމާއި، ޓްރެއިނިންގ ޝެޑިއުލް ސްޕަވައިޒަރުންނާއި ޙިއްސާކުރުމާއި، ޓްރެއިނިންގ ފުރިހަމަކުރާ މުވައްޒަފުންގެ ރެކޯޑު ބެލެހެއްޓުން.
  10. މަސައްކަތު ފެންވަރު ބެލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، ވިއުގައިން ހުރިހާ މުވައްޒަފުންގެ ސުޕަވައިޒަރުން އެސައިންކުރުމާއި، ސުޕަވައިޒަރު ބަދަލުވެއްޖެނަމަ ދުވަހުން ދުވަހަށް އަދާހަމަކުރަމުން ގެންދިއުން.
  11. އަލަށް ހަމަޖެހޭ މުވައްޒަފުންގެ އިންޑަކްޝަން ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ޕްރޮބޭޝަން މުއްދަތުގެ ތެރޭގައި މަސައްކަތަށް ކަމުނުދާނަމަ މުވައްޒަފު ދޫކޮށްލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ރެކޯޑު ބެލެހެއްޓުން.
  12. އަލަށް ހަމަޖެހޭ މުވައްޒަފުންނާއި، ވަޒީފާ ބަޔާނަށް ބަދަލުގެންނަންޖެހޭ މުވައްޒަފުންގެ ވަޒީފާ ބަޔާންތައް ތައްޔާރުކޮށް މުވައްޒަފުންނާއި ޙަވާލުކުރުމާއި ވިއުގައަށް އަދާހަމަކޮށް ވަޒީފާ ބަޔާންތައް އަޕްލޯޑުކުރުން.
  13. ޖެމްސްގެ ޖީ.އޯ އެޑްމިންގެ މަސްއޫލިއްޔަތު އަދާކުރުމާއި، ސްކޫލަށް ޖެމްސް މެދުވެރިކޮށް ލިބޭ ލިޔެކިޔުންތައް ރޫޓްކުރަންޖެހޭ މުވައްޒަފުންނަށް ރޫޓުކުރަމުން ގެންދާކަން ކަށަވަރުކުރުމާއި، ޖަވާބު ދޭންޖެހޭ ލިޔުންތަކަށް ޖަވާބުދީ އަދާހަމަކޮށްފައިވޭތޯ ކަށަވަރުކުރުން.
  14. ސްކޫލުގެ ވަޒީފާއަށް އަލަށް ވަންނަ މުވައްޒަފުންނާއި ވަޒީފާ ބަދަލުވާ މުވައްޒަފުންގެ މަޢުލޫމާތު މިނިސްޓްރީ އޮފް ފިނޭންސްގެ ޕޭރޯލް ރެޖިސްޓަރއަށް އަދާހަމަކުރުން.
  15. ވަޒީފާއިން ވަކިވުމަށް ހުށަހަޅާ ފަރާތްތައް ވަޒީފާއިން ވަކިކުރުމާއި ރެކޯޑުތައް ބެލެހެއްޓުން.
  16. އަލަށް ސްކޫލަށް ވަންނަ ދަރިވަރުން ޑާޓާބޭސްއަށް އެންރޯލްކުރުމާއި، އަންނަ ބަދަލުތައް ދުވަހުން ދުވަހަށް އަދާހަމަކުރުން.
  17. ސްކޫލުން ވަކިވާ ދަރިވަރުންނަށް ލީވިންގ ސެޓްފިކެޓް ދޫކުރުމާއި ރެކޯޑު ބެލެހެއްޓުން.
  18. މުވައްޒަފުންނަށް ދެވޭ އެލަވަންސްތަކުގެ މަޢުލޫމާތު ދުވަހުން ދުވަހަށް މިނިސްޓްރީ އޮފް ފިނޭންސްގެ ޕޭރޯލް ރެޖިސްޓަރ އަށް އަދާހަމަކުރުން.
  19. ކުރިއަށް އޮންނަ ދިރާސީ އަހަރަށް ބޭނުންވާ ސްޓާފް ރިކުއަރމަންޓް ތައްޔާރުކުރުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ބޭނުންވާ މަޢުލޫމާތު ފޮނުވުން.
  20. އަހަރުން އަހަރަށް ބިދޭސީ ޓީޗަރުންގެ ވަޒީފާގެ އެއްބަސްވުން އައުކުރުމާއި، ވަޒީފާއިން ވަކިކުރުމާއި/ޓްރާންސްފަރ ކުރުމާއި ގުޅޭ މަސައްކަތްތައް ކުރުމާއި ރެކޯޑު ބެލެހެއްޓުން.
  21. ދަރިވަރުންގެ ކޯޑާޓާ ޝީޓު ދުވަހުން ދުވަހަށް އަދާހަމަކުރަމުން ގެންދިއުން.
  22. މަތީ ތަޢުލީމު ޙާޞިލްކޮށް އެޓެސްޓް ކޮށްފައިވާ ސަނަދު ހުށައެޅުމުން، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އުޞޫލާ އެއްގޮތަށް އެސަނަދެއް ދަރަޖަކޮށް ވިއުގައަށް އަޕްލޯޑުކުރުން.
  23. ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސްއާއި ޚިލާފުވާ މުވައްޒަފުންނަށް ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއާއި ބެހޭ ޤަވާޢިދާއި އެއްގޮތަށް އިޞްލާޙީ ފިޔަވަޅު އެޅުމަށްޓަކައި އިދާރީ ލިޔެކިޔުންތައް ތައްޔާރުކުރުމާއި ރެކޯޑުތައް ބެލެހެއްޓުން.
  24. ސަރުކާރުގެ އިދާރާތަކާއި އެހެނިހެން ފަރާތްތަކުން ލިބޭ ސިޓީ، ނޯޓު ފަދަ ލިޔުންތަކަށް ޖަވާބުދީ ރެކޯޑު ބެލެހެއްޓުން.
  25. މުވައްޒަފުންގެ ރެކޯޑު ފައިލްތައް ދުވަހުން ދުވަހަށް އަދާހަމަކުރުން.

މަޤާމުގެ ޝަރުތުތައް

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ 6 ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗެލަރސް ޑިގްރީއެއް ނުވަތަ ބެޗެލަރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

  • އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓު
  • ހިޔުމަން ރިސޯސް މެނޭޖްމަންޓް
  • މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

ޕްރިފަރޑް ޑިސިޕްލިން

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓު
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

ގުޅޭ ވަޒީފާގެ ދާއިރާތައް

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓު

ހުށައަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ފުރިހަމަވުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިހާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

މިވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙް) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 ސެޕްޓެމްބަރ 9 ގެ 13:00 ގެ ކުރިން، ފ.އަތޮޅު ތަޢުލީމީ މަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނީ، 2025 ސެޕްޓެމްބަރ 11 އާއި 2025 ސެޕްޓެމްބަރ 13 އާ ދެމެދު، ފ.އަތޮޅު ތަޢުލީމީ މަރުކަޒު ގައެވެ. މި އިންޓަވިއު އޮންނާނެ ދުވަހަކާއި ގަޑި ކެނޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއި އެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއަށް ހާޒިރުވުމަށް ތައްޔާރުވެ ތިއްބެވުން އެދެމެވެ. 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ  ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7952909 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu)އިން ލިބެން ހުންނާނެއެވެ.

 

09 ރަބީޢުލްއައްވަލް 1447

01 ސެޕްޓެމްބަރ 2025

01 ސެޕްޓެންބަރު 2025
ހޯދާ