މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބޮޑެތި މީހުންނަށް ކިޔަވައިދޭ ކުލާސްތަކުގައި ބައިވެރިވުމަށް ހުޅުވާލުން
މިކައުންސިލުން ބޮޑެތި މީހުންނަށް އަމާޒުކޮށްގެން (ޤުރުޢާން، އިނގިރޭސި، ހިސާބު) ކުލާސްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިއެވެ.
މި ކުލާސްތަކުގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ 18 އަހަރުންމަތީގެ ފަރާތްތަކުން 18 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ބައިވެރިވުމަށް އެދޭ ފޯމް ކައުންސިލުން ލިބެން ހުރިވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
31 އޮގަސްޓް 2025
ހޯދާ