ދިވެހިރާއްޖެ
އިޢުލާން
އައްޑޫ ސިޓީ ކައުންސިލް އިދާރާއަށް ޕިކަޕެއް ގަތުމާ ބެހޭ
މި އިދާރާއަށް ތިރީގައިމިވާ ސްޕެސިފިކޭޝަންގެ ޕިކަޕެއް ގަންނަން ބޭނުންވެއްޖެއެވެ.
Specification |
Model |
Item |
-Transmission: MT -Fuel : Diesel -Drive: 2WD -Power Steering -Power Window -Rear: Double Tire -Air Conditioned -Year 2008 |
Toyota Dyna 1.5Ton Power Gate OR Isuzu 1.5 Ton Power Gate |
01 Pickup |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާ އަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުމާއި ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ މި އިދާރާގެ ކޮންފަރެންސް ހޯލް ގައެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތަކަށް ޕްރޮޕޯސަލް ހުށަނޭޅުއްވޭނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ޕްރޮޕޯސަލް ބަލައިގަތުމުގެ ސެޝަންގައިވެސް ބައިވެރިނުވެވޭނެއެވެ.
23 ޛުލްޙިއްޖާ 1436