ދިވެހިރާއްޖެ
މިޞިއްޙީމަރުކަޒުގައި ހުރި ބައުވެ ހަލާކުވެފައިވާ ގޮނޑި ނީލަމުގައި ވިއްކުން!
މިމަރުކަޒުގައި ޕްލާސްޓިކް ގޮނޑިތަކެއް ނީލަން ކިޔުމަށް ކުރެވުނު ނަމްބަރ B-5/NHC/IUL/2025/04 (21 އޮގަސްޓް 2025) އިޢުލާނަން އެއްވެސް ފަރާތަކުން ހާޟިރުވެފައިނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އެތަކެތި ނީލަން ކިޔުމަށް އިޢުލާންކުރަމެވެ. ނީލަން ކިޔުން އޮންނާނީ 2025 ސެޕްޓެމްބަރ 08 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި ނައިވާދޫ ޞިއްޙީ މަރުކަޒުގައެވެ. މި އިޢުލާނާއިއެކު ނީލަންކިޔާ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި މިތަކެތި ވިއްކުމަށް ކަނޑައަޅާފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރައްވާ ފަރާތުން ސަރުކާރު ބަންދު ނޫން 3 ދުވަސް ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިމަރުކަޒަށް ދެއްކެވުމަށްފަހު ތަކެތި ގެންދަވަން ވާނެއެވެ. އަދި ނީލަމުން ބައްލަވައިގަންނަ ތަކެތި 03 ދުވަހުގެ ތެރޭގައި ނުގެންދަވައިފިނަމަ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ތަކެތި ނައްތާލެވޭނެއެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.