ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، މުޖުތަމަޢު ހޭލުންތެރިކުރުމުގެ ކުރުމުގެ ގޮތުން އޯޑިއޯ އަދި ވީޑިއޯ ފޯމެޓަށް ވީޑިއޯ ސްޕޮޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު IUL)459-A/1/2015/87) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ނުލިބުމުގެ ސަބަބުން މި އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
24 ޛުލްޙިއްޖާ 1436