މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ފަރުނީޗަރާއި މެޝިނަރީސް ޑެލިވަރކޮށްދޭނެ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީގެ ދަށުން އަތޮޅުތަކުގައި ހިންގަމުންދާ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކަށް ފޮނުވުމަށް ބޭނުންވާ ފަރުނީޗަރާއި މެޝިނަރީސް، މި މިނިސްޓްރީން ދޭ މަޢުލޫމާތާ އެއްގޮތަށް ޑެލިވަރކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL)459-A/1/2015/93) އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

24 ޛުލްޙިއްޖާ 1436

08 އޮކްޓޫބަރު 2015
ހޯދާ