މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. މިލަންދޫ ޕާކު ފޭސް 2 ތަރައްޤީކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

ބިޑު ހުށަހެޅުމުގެ ދަޢުވަތު

 

  1.  ށ. މިލަންދޫ ޕާކު ފޭސް 2 ތަރައްޤީކުރުމުގެ މަސައްކަތް މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް  ހޯދަން ކުރެވުނު ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)284-PR/284/2025/34 އިޢުލާނާއި ގުޅިގެން ހުށައެޅުއްވި އަގުތައް ކައުންސިލުން މިޕްރޮޖެކްޓަށް އަންދާސާ ކޮށްފައިވާ އަގަށްވުރެ  ބޮޑުވުމާއި ގުޅިގެން، އެއިޢުލާން ބާޠިލުކޮށް، ށ. މިލަންދޫ ޕާކު ފޭސް 2 ތަރައްޤީކުރުމުގެ މަސައްކަތު ކަރުދާސް އަދި ކުރެހުން ބަދަލުކޮށް، އަލުން މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ. މިމަސައްކަތަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި، ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ނަންބަރު 1/2003)  ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ޖަމާޢަތްތަކަށެވެ.
  3. މިބީލަމުގައި ރަޖިސްޓްރީކުރެއްވުމަށް ގެޒެޓް ލިންކުގައިވާ ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރުއްވުމަށްފަހު 2025 އޯގަސްޓް 31ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް މެއިލްކުރެއްވުމުން ރަޖިސްޓްރީކޮށްދެވޭނެއެވެ.
  4. މިބީލަމާއިގުޅިގެން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް ނޯންނާއެވެ. ބިޑަށް ރަޖިސްޓްރީކުރައްވާ ފަރާތްތަކަށް ބިޑު ޑޮކިއުމަންޓުތަކާއި މަޢުލޫމާތު ޝީޓު ފޯރުކޮށްދެވޭނެއެވެ.

ބިޑު ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2025 ސެޕްޓެމްބަރ 07 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00ގައި މިއިދާރާގެ މީޓިންގ ރޫމުގައެވެ. ބިޑު ހުށަހަޅާއިރު، ބިޑު އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮން ކަމަކަށް ހުށަހަޅާ ބިޑެއްކަން ލިޔެފައި އޮންނަންވާނެއެވެ. ބިޑު ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ބިޑުތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހު ހެނދުނު 10:00 ގައެވެ.

28 އޮގަސްޓް 2025
ހޯދާ