ދިވެހިރާއްޖެ
މިރަށުން ބަންޑާރަ ގޯތި ދޫކުރުމަށްޓަކައި އިތުރަށް ހުއްދަލިބިފައިވާ 77 ގޯއްޗާއި ކުރިން ހުއްދަ ލިބި ދޫނުކުރެވިވާ 1 ގޯއްޗާއެކު ޖުމްލަ 78 ގޯތި ދޫކުރުމަށްޓަކައި "ދިރިއުޅުމަށް ބަންޑާރަ ގޯތި ދުކުރުމުގެ އުސޫލް 2025 " އަށް ބައެއް އިސްލާހު ގެނައުމަށް ކައުންސިލުން ބޭނުންވާތީ ގެނެވިފައިވާ އިސްލާހަށް ޢާންމުންގެ ހިޔާލު ހޯދުމުގެ ގޮތުން އިސްލާހު ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ. މިގޮތަށް އިސްލާހު ގެންނަން ކައުންސިލުން ނިންމެވީ ކުރިން އިޢުލާންކޮށް ދޫކުރެވުނު 75 ގޯތި ދޫކުރުމުގެ އެކި މަރުހަލާތަކުގައި ޢާންމުންގެ ފަރާތުން ލިބުނު ޝަކުވާތަކަށް ރިޢާޔަތް ކުރުމަށް ފަހުގައެވެ.
ވީމާ މި އިޢުލާނާއެކު މިވާ " ބ. ގޮއިދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލް 2025 " އަށް އިޞްލާހް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން ލިޔުމުން ނުވަތަ އީމެއިލް މެދުވެރުކޮށް [email protected] ) ) 09 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މަތީގައިވާ އުޞޫލަށް ގެނެވުނު އިޞްލާހުގެ ޙުލާސާ ތިރީގައި އެވަނީއެވެ.
އުޞޫލަށް ގެނެވުނު 27 އޯގަސްޓް 2025 ގައި ގެނެވުނު އިޞްލާޙުގެ ޚުލާޞާ .
1 އުޞޫލްގެ 7 ވަނަ މާއްދާ : ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީ އުނިކުރެވިފައި .
2 އެނެކްސް 1.1 ގެ 2 ( ޢުމުރުގެބައި )
ނ - ޢުމުރުން 35 އަހަރާ 45 އަހަރާދެމެދުގެ ބަދަލުގައި 35 އަހަރާ 40 އަހަރާ ދެމެދަށް ބަދަލުކުރުން.
ރ - 40 އަހަރުން މައްޗަށް 12 ޕޮއިންޓްގެ ބަދަލުގައި 15 ޕޮއިންޓް ދިނުން .
3 އެނެކްސް 1.1 ގެ 5 ( ރަށްވެހި ކަމުގެ ބައި )
ހ – ރަށުގެ ރަށްވެއްސެއް ކަމުގައިވާނަމަ 20 ޕޮއިންޓްގެ ބަދަލުގައި 40 ޕޮއިންޓަށް ބަދަލުކުރުން .
4 އެނެކްސް 2 ( ޕޮއިންޓް އުނިކުރުން )
ރ ގެ 2 ވަނަ އައިޓަމް . 600 އަކަފޫޓްއާއި 1200 އަކަފޫޓްގެ ގޯއްޗެއް ނުވަތަ ގޯއްޗަކުންބައެއް ނަމަވެސް ލިބިފައިވާނަމަ 30 ޕޮއިންޓް އުނިކުރުމުގެ ބަދަލުގައި 10 ޕޮއިންޓް އުނިކުރުން
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.