ދިވެހިރާއްޖެ
އިޢުލާން
ރ. ދުވާފަރު ޞިއްޙީ މަރުކަޒުގައި ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ މި މިނިސްޓްރީގެ ނަންބަރު IUL 23-AP/1/2015/144 (2015 ޖޫން 30) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް ރ. ދުވާފަރު ޞިއްޙީ މަރުކަޒުގައި ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 އޮކްޓޫބަރު 18 ވާ އާދީއްތަ ދުވަހުގެ 12:00 އަށް ރ. ދުވާފަރު ޞިއްޙީ މަރުކަޒު ނުވަތަ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ނުވަތަ މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އޮކްޓޫބަރު 22 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ރ. ދުވާފަރު ޞިއްޙީ މަރުކަޒު ނުވަތަ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ނުވަތަ މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
24 ޛުލްޙިއްޖާ 1436
