މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ފުޅަދޫން ދިރިއުޅުމަށްޓަކާއި ބަންޑާރާ ގޯތި ދޫކުރުމާއި ގުޅޭ

އިޢުލާން

  

ބ. ފުޅަދޫން ދިރިއުޅުމަށްޓަކާއި ބަންޑާރާ ގޯތި ދޫކުރުމާއި ގުޅޭ

 

            ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން މިރަށުން ދޫކުރުމަށް އިޢުލާން ކުރެވުނު 2000 އަކަފޫޓުގެ 40 ގޯއްޗަށް ކުރިމަތިލެއްވި ފަރާތްތަކުގެ ފޯރމްތައް ގެވަޅު ދޫކުރުމަށް އެކުލަވާލެވުނު ވިލަރެސް  ކޮމިޓީން އިވެލުވޭޓްކޮށް ، ދިރިއުޅުމުގެ ޙާލަތުބަލާ ވަޒަންކުރުމަށްފަހު ޝަރުޠުހަމަވާ ފަރާތްތަކާއި ، ޝަރުޠު ފުރިހަމަނުވާ ފަރާތްތައް ކަނޑައަޅާ ، މާރކްސް ދިނުމަށްފަހު ޖުމްލަ މާރކްސް ހިމެނިފައިވާ ވަގުތީ ލިސްޓް މިއިޢުލާނާ އެކު ޢާންމު ކުރަމެވެ.                                

                 ވީމާ ، މިދެންނެވި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 28 ސެޕްޓެންބަރ 2025 ވާ އާދިއްތަ ދުވަހުގެ 12.00 ގެ ނިޔަލަށް  ޢާންމުކޮށް ހުޅުވާލަމެވެ. ޝަކުވާހުށަހަޅުއްވާނީ ލިޔުމުންނެވެ. އަދި އީމެއިލްގެ ޒަރީޢާއިން [email protected] އަށް ހުށަހެޅޭނެއެވެ.

އިތުރު މަޢުލޫމާތެއް ސާފުކުރުމަށްބޭނުންވާނަމަ ރަސްމީގަޑީގައި މިކައުންސިލްގެ ފޯން ނަމްބަރ 6600057 އާ ގުޅުއްވުން އެދެމެވެ.

                                                                        

                މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 އޮގަސްޓް 2025

27 އޮގަސްޓް 2025
ހޯދާ