ދިވެހިރާއްޖެ
ގދ. މަޑަވެލި މެޖިސްޓްރޭޓް ކޯޓް
ގދ.މަޑަވެލި ، ދިވެހިރާއްޖެ
ނަންބަރު:Q1C-B/2025/10
އިޢުލާނު
މި ކޯޓުގެ ކައިވެނިކޮށްދޭ މައުޛޫނުންގެ ދަފްތަރު އަޕްޑޭޓް ކުރަން ބޭނުންވާތީ ކޮންޓްރެކްޓް އުޞޫލުން މިކަންކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
ކޯޓު/އިދާރާ: |
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލި މެޖިސްޓްރޭޓް ކޯޓް |
އެލަވަންސް: |
-/250 ރުފިޔާ (ޢަޤުދު ކޮށްދޭ ކޮންމެ ކައިވެންޏަކަށް) |
މަޤާމުގެ ޝަރުތު: |
ޝަރުޢީ މަޛޫންކަން ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއް ކަމުގައިވުން. |
ހުށަހަޅަންޖެހޭ ތަކެތި: |
1- ޝަރުޢީ މަޢުޛޫނު ކަމަށްއެދި ހުށަހަޅާ ފޯމު 2- ވަނަވަރު 3- އައިޑީކާޑުގެ ކޮޕީ 4- ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދައިގެ ކޮޕީ
|
ކައިވެނި ކޮށްދޭންޖެހޭ ގަޑި: |
ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައި ކޯޓުން ކޮށްދޭންޖެހޭ ކައިވެނިތައް ކޮށްދިނުމަށް ހަވާލުކުރެވޭނެއެވެ. |
ސުންގަޑި: |
08 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން. |
އިތުރު މަޢުލޫމާތު: |
|
ނޯޓް: މިހާރު މިކޯޓުގެ ޝަރުޢީ މަޢުޛޫނުންގެ ގޮތުގައި ތިބި ފަރާތްތަކުން ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ.
04 ރަބީޢުލްއައްވަލު 1447
27 ސެޕްޓެމްބަރ 2025