ދިވެހިރާއްޖެ
ގދ. ފިޔޯރީ ދިރާގު އެންޓަނާގެ އިރަށް އޮތް ބިމަކީ ދިވެހި ފުލުހުންނަށް ކަނޑައެޅިފައިވާ ބިމެކެވެ. އެހެންކަމުން މި ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ކައުންސިލުން ބޭނުންވެއެވެ. ވީމާ، މި ބިމުގައި ހުރި އެންމެހާ ރުއްގަހުގައި މިއިދާރައިން ވަނީ ރަތް ކުލައިގެ ސްޕްރޭއިން ނަންބަރު ޖަހާފައިއެވެ.
ސަރަޙައްދު |
ޖެހިފައިވާ ނަންބަރުތަކުގެ ތަފްސީލު |
|
ދިރާގު އެންޓަނާގެ އިރަށް އޮތް ބިން |
ރުއް |
1 އިން 65 އަށް |
ގަސް |
1 އިން 4 |
ވީމާ، މިބިމުގައި ނަންބަރު ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތުން އެ ބޭފުޅެއްގެ ރުއްގަހުގެ ނަންބަރު އެގޭނެހެން 03 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިޔުމުން މި އިދާރާއަށް ހުށައެޅުމަށް ދަންނަވަމެވެ.
އަދި ދަންނަވަމެވެ. ރުއްގަހަށް ބަދަލުދެވޭނީ ޤާނޫން ނަންބަރު 98/21 ގައިވާއެއްގޮތަށް މި އިދާރާގެ ރުއްގަހުގެ ރަޖިސްޓްރީ ކުރެވިފައިވާ ނުވަތަ މިލްކުވެރިކަން ސާބިތުކުރެވިފައިވާ ލިޔުން ހުށައެޅިފައިވާ ފަރާތްތަކަށެވެ.