| 
 އޮފީސް އެސިސްޓެންޓް (ގްރޭޑް 1) 
 | 
 މަޤާމު 
 | 
| 
 1 
 | 
 ބޭނުންވާ އަދަދު 
 | 
| 
 އޮޑިޓަރ ޖެނެރަލްގެ އޮފީސް ސަރަހައްދީ ގޮފި (ސ.ހިތަދޫ) 
 | 
 މަސައްކަތް ކުރަންޖެހޭ ތަން 
 | 
| 
 -/3,000 (ތިންހާސް) ރުފިޔާ 
 | 
 މުސާރަ 
 | 
| 
 1. ސަރވިސް އެލަވަންސް: ހާޒިރުވާ ދުވަހަކަށް -/150 (ސަތޭކަ ފަންސާސް ރުފިޔާ) 
2. ލިވިންގ އެލަވަންސް: -/1,000 (އެއްހާސް ރުފިޔާ) 
 | 
 ޢިނާޔަތް 
 | 
| 
 އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. 
 | 
 އިތުރުގަޑި 
 | 
- ގްރޭޑް 10 ނިންމާފައިވުން. ނުވަތަ
 
- މަސައްކަތު މީހެއް ނުވަތަ ޕިއޯނެއްގެ މަޤާމުގައި 3 އަހަރު ދުވަހު އުޅެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
 
  | 
 އަސާސީ ޝަރުޠު 
 | 
- މިއޮފީހުގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮފީހުގައި އަދާކުރާ ވަޒީފާއާ މަޞްލަޙަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
 
- ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
 
- އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއް ކުރާ މީހަކު ކަމުގައި ނުވުން.
 
- ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
 
- މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.
 
  | 
 އެހެނިހެން ޝަރުޠު 
 | 
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
 
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
 
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
 
- ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
 
 
ނޯޓު : މިމަޤާމަށް މީހަކު ހޮވުމުގައި ސައިކަލު ނުވަތަ ބައިސްކަލު ދުއްވާ ފަރާތަކަށް އިސްކަންދެވޭނެއެވެ. 
 | 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް 
 | 
- މިއޮފީހުން އެކި ފަރާތްތަކަށް ފޮނުވާ ސިޓީ އަދި އެހެނިހެން ތަކެތި ރައްދުކޮށްދިނުން.
 
- އޮފީހުން އަންގާގޮތެއްގެ މަތިން އޮފީސް ހުޅުވައި ލެއްޕުން.
 
- އޮފީސް ޢިމާރާތް ސާފުތާހިރުކޮށް ބެލެހެއްޓުމާބެހޭ މަސައްކަތްތަކުގައި އެހީތެރިވުން.
 
- އޮފީހުގެ މަރާމާތުތަކުގެ މަސައްކަތުގައި އެހީތެރިވުން.
 
- އޮފީހަށް ބޭނުންވާ ތަކެތި ގަތުމުގެ މަސައްކަތުގައި އެހީތެރިވުން.
 
- މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
 
  | 
 މަޤާމުގެ މަސްއޫލިއްޔަތު 
 | 
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމު ( އެޕްލިކޭޝަންފޯމު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކައުންޓަރުންނާއި، އޮފީހުގެ ވެބްސައިޓް www.audit.gov.mv އިން ލިބެން ހުންނާނެއެވެ.)
 
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ( އެކްރެޑިޓްކޮށްފައި)
 
- ވަކި ފަރާތަކަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ  ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.
 
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުން (މިލިޔުން ހުށަހަޅަންޖެހޭނީ އަސާސީ ޝަރުޠު ހަމަވެ، ސެޓުފިކެޓު ލިބިފައިނުވާނަމައެވެ.)
 
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
 
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު).
 
  | 
 ހުށަހަޅަންޖެހޭ ލިޔުންތައް 
 | 
| 
 18 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 14:00 ގެ ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް   (ޣާޒީ ބިލްޑިންގގެ 1 ވަނަ ފަންގިފިލާ). އީމެއިލް ކުރައްވާނަމަ [email protected]  އީމެއިލް ލިބުނުކަމުގެ ރިސިޕްޓް ފޮނުވޭނެއެވެ. 
 | 
 އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ގަޑި 
 | 
- މި މަޤާމުގެ އިންޓަރވިއު ޕްރޮސެސްއަށް ޝޯޓްލިސްޓުކުރެވޭނީ މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެގިނަ ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން މި އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓުކުރެވުނުކަން އަންގާނީ ޝޯޓްލިސްޓުކުރެވުނު ފަރާތްތަކަށް އެކަންޏެވެ. އެނޫން ފަރާތްތަކަށް އެކަން ލިޔުމަކުންނެއް ނާންގާނެއެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓްކޮށް ނިމުމުން އެކަން މި އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެއެވެ.
 
  | 
 އިތުރު މަޢުލޫމާތު 
 | 
| 
 އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 
    ފޯނު ނަންބަރު:      3323939     
    ފެކްސް ނަންބަރު:     3316430 
    އީމެއިލް އެޑްރެސް:    [email protected] 
 |