ދިވެހިރާއްޖެ
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރްކަޒުން ބާއްވާ ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތާއިގުޅޭ
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރްކަޒުން ބާއްވާ ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ބާއްވާ 2 ހޯލުގެ ބެކްޑްރޮޕް، ފެބްރިކޭޝަން، މުބާރާތުގައި ބޭނުންކުރާ 8 މޭޒުގެ ސްޓިކާ ޕްރިންޓްކުރުން އަދި ސްޓިކާ ޖެހުން، 4 ފޮޓޯ ބޫތު، އަދި 2 ސެލްފީ ފްރޭމް ހެދުން، 2 ކެންވަސް ޕްރިންޓް ކުރުމާއި ފްރޭމްގައި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ފުރުޞަތު ހުޅުވާލަމެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ.
ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2025 އޮގަސްޓު 27 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.
https://forms.cloud.microsoft/r/tj07UtkLtJ
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 އޮގަސްޓު 31 ވާ އާދީއްތަ ދުވަހުގެ 10:00 ގައެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއް ގައެވެ. ސިޓީއުރައިގެ ބޭރުގައި " ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ބާއްވާ 2 ހޯލުގެ ބެކްޑްރޮޕް ފެބްރިކޭޝަން މުބާރާތުގެ 8 މޭޒުތަކަށް ސްޓިކާ ޕްރިންޓްކުރުން އަދި ސްޓިކާ ޖެހުން، 4 ފޮޓޯ ބޫތު، އަދި 2 ސެލްފީ ފްރޭމް ހެދުން، 2 ކެންވަސް ޕްރިންޓް ކުރުމާއި ފްރޭމްގައި ހަރުކުރުމުގެ މަސައްކަތް " މިހެން ލިޔެފައި އޮންނަން ވާނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2025 އޮގަސްޓު 28 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ރަސްމީ ގަޑީގައި މި މަރުކަޒުގެ 3019340 / 3019300 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.