ދިވެހިރާއްޖެ
އިޢުލާން
މަރަދޫފޭދޫ އަވަށު އޮފީހުގައި ހުރި ދުވަސްވެފައިވާ ތަކެތި ނީލަން ކިޔުމާއި ބެހޭ
މަރަދޫފޭދޫ އަވަށު އޮފީހުގައި ހުރި ދުވަސްވެފައިވާ ފެން ތާނގީތައް ނީލަމުގައި ވިއްކާލުމަށް ކުރެވުނު ނަންބަރު: (IUL)426/426/2025/466 އިޢުލާނާއި ގުޅިގެން ނުވިކި ތާނގީތައް ތިބުމާއެކު ދެވަނަ ފަހަރަށް އެތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވާ ފެން ތާނގީތަކުގެ މަޢުލޫމާތު ތިރީގައި ދެންނެވީމެވެ.
# |
ތަފްޞީލު |
ފެށޭ އަގު |
އަދަދު |
1 |
ތާނގީ |
500ރ |
07 |
ނީލަން ކިޔުން އޮންނާނީ 03 ސެޕްޓެންބަރު 2025 ވާ ބުދަ ދުވަހުގެ ހެނދުނު 00:10 ގައި މަރަދޫފޭދޫ އަވަށު އޮފީހުގެ ގޯތިތެރޭގައެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 31 އޮގަސްޓް 2025 އިން 02 ސެޕްޓެންބަރު 2025 ގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 10:00 އިން 12:00 އަށް، މަރަދޫފޭދޫ އަވަށު އޮފީހަށް ވަޑައިގަތުމުން، ތަކެތި ބެއްލެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ނީލަން ކުރިއަށް ގެންދެވޭނީ މަދުވެގެން 03 ބައިވެރިންގެ ހާޟިރުގައެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 03 ދުވަހުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު، ތަކެތި ގެންގޮސް ނިންމަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކަވާ ހުންނަ ތަކެތި ދެވަނަ ފަހަރަށް ނީލަމަށް ލެވޭނެއެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، 03 ސެޕްޓެންބަރު 2025 ވާ ބުދަ ދުވަހުގެ ހެނދުނު 00:10 ގައި، ނީލަމުގައި ބައިވެރިވެ ވަޑައިގަތުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
03 ރަބީޢުލް އައްވަލް 1447
26 އޮގަސްޓު 2025