ދިވެހިރާއްޖެ
އަންނަނިވި ތާވަލުގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް 26 އޮގަސްޓް 2025 އިން ފެށިގެން 5 (ފަހެއް) އަހަރު ދުވަހަށް، ޤާނޫނު ނަންބަރު 2006/2 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު)ގެ ދަށުން، ޝަރީޢާ އެޑްވައިޒަރ ލައިސަންސް ދޫކޮށްފައިވާ ކަން، އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.
ނަންބަރު |
ލައިސަންސްގެ ބާވަތް |
ލައިސަންސް ލިބިފައިވާފަރާތް |
1 |
ޝަރީޢާ އެޑްވައިޒަރ ލައިސަންސް |
އަލްފާޟިލް އަޙްމަދު ސަމީނު (A127937) |
2 |
ޝަރީޢާ އެޑްވައިޒަރ ލައިސަންސް |
އަލްފާޟިލް މުޙައްމަދު ފަޟީލް (A273698) |
މީގެ އިތުރުން، އޮތޯރިޓީ އިން ދޫކޮށްފައިވާ ލައިސަންސް ލިބިގެން މިހާރު މާރކެޓުގައި ހަރަކާތްތެރިވަމުން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތު، ލައިސަންސް ދޫކުރެވިފައިވާ ފަރާތްތައް؛ މި ނަމުގައި އޮތޯރިޓީގެ ވެބްސައިޓުގައި މި ކަމަށް ޚާއްޞަކުރެވިފައިވާ ސަފުހާގައި ހާމަކޮށްފައިވާނެ އެވެ.