ދިވެހިރާއްޖެ
2025 އޮގަސްޓް 25 ވާ ހޯމަ ދުވަހުގެ 13:00 ގައި ބޭއްވުނު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރ (7/2010) ގެ 1-107 ވަނަ މާއްދާގެ (ށ) އަދި (ނ) ގައި ބަޔާން ކުރާ އޮގަސްޓް މަހުގެ ބައްދަލުވުން 2025 އޮގަސްޓް 25 ވަނަ ދުވަހު ވަނީ ބޭއްވިފައެވެ. މި ބައްދަލުވުމުގައި ރައްޔިތުން ނިންމާފައިވަނީ ޒަމާނީ ފެންވަރަށް މަގު ތަރައްގީ ކުރާނެ ގޮތަކާމެދު އިތުރަށް ރައްޔިތުންގެ މެދުގައި މަޝްވަރާކުރުމަށް ފަހު 2025 އޮގަސްޓް 30 ވަނަ ދުވަހުގެ ރޭ 20:30 ގައި ޖަލްސާ ބޭއްވުމަށެވެ. ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ކައުންސިލް އިދާރާގައެވެ.
ޖަލްސާގެ އެޖެންޑާ:
- ޒަމާނީ ފެންވަރަށް މަގުތަށް ތަރައްގީ ކުރުމަށް ކުރެވެމުންދާ މަސައްކަތުގަ މަގު ތަރައްގީ ކުރާނެ ގޮތަކާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން
ވީމާ، މިބައްދަލުވުމުގައި އެންމެހައި ރައްޔިތުން ބައިވެރިވެ ވަޑައިގެންދެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. މިފުރުސަތުގައި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރުދަންނަވަމެވެ.