ހިތަދޫ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (ދާއިމީ)

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:


J-416822

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ސ.ހިތަދޫ ސްކޫލް ، އައްޑޫ ސިޓީ ، ހިތަދޫ

މުސާރަ:

-/6295 ރުފިޔާ     

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

 

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ރޭންކް

ސަޕޯޓިންގ ކޯ އެލަވަންސް 2

އެމް.އެސް 2

900.00 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލެވެންސް

މަހަކު   2203.25  ރުފިޔާ

(މުސާރައިގެ %35)

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1.ދުވަހުން ދުވަހަށް ސްޓޮކް ބާކީކޮށް، ސްޓޮކަށް ވައްދައި، އެތަކެތި ސްޓޮކް ފޮތުގައި ނޯޓް ކުރުމާއިއެކު ހަމަޖެހިފައިވާ ގަޑިތަކުގައި ސްޓޮކުން ތަކެތި ދޫކުރުމަށްފަހު ތަކެތި ޙަވާލުވާ މުވައްޒަފުން ލައްވާ އެތަކެތި ޙަވާލުވި ކަމުގެ ސޮއިކުރުވުން.އަދި ތަކެތި އޯޑަރު ކުރުމަށް ހަމަޖެހިފައިވާ ލެވެލަށް ތަކެތީގެ ޢަދަދު ތިރިވުމުން، އެތަކެތި ހޯދުމަށް ކަމާބެހޭ ވެރިއެއްގެ މަޝްވަރާގެ މަތިން ތަކެއްޗަށް އެދޭ ފޯމް ފުރިހަމަކޮށް ކަމާބެހޭ ސެކްޝަނާއި ޙަވާލުކޮށް ތަކެތި ހޯދުން.ދިރާސީ އަހަރު ފެށެންވާއިރަށް ޓީޗަރުންނަށް ބޭނުންވާ ތަކެތި ބަޖެޓް ސެކްޝަނާއި ގުޅައިގެން ހޯދުމަށްފަހު ޓީޗަރުން ސޮއިކުރަން ހަމަޖެހިފައިވާ ދުވަހަށް ތަކެތި ތައްޔާރުކޮށް ޓީޗަރުންނާއި ތަކެތި ޙަވާލު ކުރުން.

2.މެއިން ރަޖިސްޓްރީ އާއި ކްލާސްލިސްޓް ބެލެހެއްޓުން.މިގޮތުގެ މަތިން ސްކޫލަށް ވަންނަ ކުދިންނާއި ވަކިވާ ކުދިންގެ މަޢުލޫމާތު ދުވަހުން ދުވަހަށް ފޮތުގައި ލިޔެ ކޮމްޕިއުޓަރގައި ހުންނަ ލިސްޓް އަޕްޑޭޓްކޮށް ބެލެހެއްޓުމާއެކު ސްކޫލަށް ވަންނަ /ވަކިވާ ކުދިންގެ މަޢުލޫމާތު ސުޕަރވައިޒަރުންނަށް ދިނުމަށް ފަހު ދަރިވަރުންގެ މަޢުލޫމާތު ފައިލުތައް ބެލެހެއްޓުން.

3.ސްކޫލުން ވަކިވާން އެދޭ ކުދިންގެ ލީވިންސެޓްފިކެޓް ، ބެލެނިވެރިޔާ އެކަމަށް އެދި ސިޓީ ހުށަހަޅާތާ 3 ދުވަހުގެތެރޭގައި ނިންމާފަ ބެލެނިވެރިޔާއާއި  ޙަވާލުކުރުމަށްފަހު  ކޮޕީ ފައިލު ކުރުން.އަދި ގްރޭޑް 10 ނިންމާ  ކުދިންގެ  ލީވިންސެޓްފިކެޓް  އެއަހަރެއްގެ ޑިސެމްބަރ މަސް ނިމުމުގެކުރިން ނިންމާފައި ބެލެނިވެރިންނަށް ދޫކުރުމުގެ ކަންތައް ހަމަޖެއްސުމަށްފަހު ކޮޕީތައް ފައިލުކުރުން.

4.ސްކޫލްގެ އިންވެންޓްރީ ދުވަހުން ދުވަހަށް ބެލެހެއްޓުން.އެގޮތުގެ މަތިން ސްކޫލަށް ލިބޭ ހަރުމުދާތައް ބަލައިގަނެ ނަންބަރުޖަހާ އިންވެންޓްރީއަށް ނެގުމަށް ފަހު އިންވެންޓްރީގައި ހިމެނޭ ތަކެތީގެ ތެރެއިން ބޭނުން ނުކުރެވޭ ތަކެތި އެޑިޔުކޭޝަންގެ ހުއްދަ އާއިއެކު ނައްތާލުން، އަދި ނީލަންކިޔަން ޖެހޭ ތަކެތީގެ ލިސްޓް އެޑިޔުކޭޝަނަށް ފޮނުވައިގެން ހުއްދަ ހޯދުމަށް ފަހު އިސްވެރިޔާގެ ލަފާގެ މަތިން ނީލަންކިޔުމުގެ ކަންތައްތައް ކުރިޔަށް ގެންދިއުން. 

5.ސްކޫލްގެ ދަރިވަރުންނަށް ދެވޭ ޓެކްސްޓް ފޮތާގުޅޭ ކަންތައްތައް ބެލެހެއްޓުން. މިގޮތުން އަހަރުފެށޭއިރު ކުދިން ތިބޭނެކަމަށް ލަފާކުރާ ޢަދަދަށް މިނިސްޓްރީއިން ފޮތް ހޯދުމާއި ، ފޮތްތައް ސްކޫލަށް ލިބޭތާ 5 ދުވަހުގެ ތެރޭގައި ފޮތްތައް ޗެކް ކުރުމަށް ފަހު ޕޯރޓަލް އިން ރިސީވް ކުރުން.އަދި ޕޯރޓަލް މެދުވެރިކޮށް މިނިސްޓްރީން ފޮނުވާ އެހެނިހެން ތަކެތިވެސް ހަމަތޯ ބެލުމަށްފަހު ރިސީވްކުރުން.

6.ސްކޫލަށް ލިބޭ ސިޓީފަދަ ލިޔެކިޔުންތައް ބަލައިގަތުމާއި، އެންޓްރީ ކުރުމާއި، ރަސްމީ އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީތައް ހަމަޖެހިފައިވާ ގަޑިއަކަށް ފޮނުވުމާއި، ސިޓީފަދަ ލިޔުންތައްލިޔެ ތައްޔާރުކޮށް، ފޮނުވައި ފައިލްކޮށް ބެލެހެއްޓުމާއިއެކު، ފޮނުވާ ލިޔެކިޔުންތައް ލިބުނުކަން ކަށަވަރުކޮށް، އެކަން އެނގޭގޮތަށް ރެކޯޑްތައް ބެލެހެއްޓުން.އަދި ދުވަހުން ދުވަހަށް ސްކޫލްގެ މެއިލްތައް ޗެކްކުރުމާއިއެކު މެއިލްގެ ޒަރީޢާއިން ސްކޫލަށް ލިބޭ ލިޔެކިޔުންތައް އެންޓްރީކޮށް އަވަސްތަކެތި ވަގުތުން ވަގުތަށް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅާ، ޖަވާބުދޭންޖެހޭ ލިޔުންތަކަށް އިސްވެރިޔާގެ ލަފާގެމަތިން، މުއްދަތު ހަމަވުމުގެ ކުރިން ޖަވާބު ދިނުން.

7.ސްކޫލުން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި، ކޯކަރިކިއުލަރ އެކްޓިވިޓީސްތަކުގައި ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުމާއި އެކު ރަސްމީގަޑި ފިޔަވައި، އޮފީސް ހުޅުވުމަށް ޙަވާލު ކުރެވޭ އެހެނިހެން ގަޑިތަކުގައި އޮފީސް ހުޅުވައި ލެއްޕުން

8. ގްރޭޑް 7 ، 8، 9 ، 10 އަދި ފައުންޑޭޝަން ގެ ސުޕަރވައިޒަރުން ޙަވާލު ކުރާ ލިޔެކިޔުންތައް ނިންމަންޖެހޭ ގަޑިއަށް ތައްޔާރުކޮށް ޙަވާލުކުރަންޖެހޭ ފަރާތްތަކާ ޙަވާލު ކުރުން.މިގޮތުގެމަތިން ޓީޗަރުންގެ ނޯޓިސްތައް ތައްޔާރުކޮށް ސޮއި ކުރުވުމަށްފަހު ފައިލު ކުރުމާއި ،  އިތުރު ޙަރަކާތްތަކާއި ގުޅިގެން ކުދިންނަށް ދޭންޖެހޭ ސްލިޕްތައް ގަޑިއަށް ނިންމުމަށްފަހު ކުދީންނާ ޙަވާލުކުރުމަށް ކްލާސްޓީޗަރާއި ޙަވާލުކުރުން އަދި އިތުރު ޙަރަކާތްތަކާއި ގުޅިގެން ލިޔަންޖެހޭ ލިޔުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ ކޮޕީތައް ފައިލުކުރުން. މީގެ އިތުރުން ގްރޭޑް 10ގެ ކުދިންގެ އޯލެވެލް އެޕްލިކޭޝަން ފޯމްގެ ކަންތައްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ނިންމުމާއިއެކު އޯލެވެލް ނިންމާ ކުދިންގެ އޯލެވެލް،އެސް.އެސް.ސީ ސެޓްފިކެޓްތައް ރައްކާތެރިކަމާއެކު ބަލަހައްޓާ، ސެޓްފިކެޓްތައް ދޫކުރުން.

 

 

މަޤާމްގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1.   މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.

  މަޤާމުގެ ތަޢުލީމީ ރޮނގުތައް

  • އެޑްމިނިސްޓްރޭޝަން  
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • މެނޭޖްމަންޓް  
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިންތައް:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

އެޑްމިނިސްޓްރޭޝަން

މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://tinyurl.com/CSC-Application-Form

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުމުން (%30)
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތައުލީމު (%5)
  3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިން އާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް (%5)
  4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (%5)
  5. އެސަސްމަންޓް ( އިމްތިހާން ނުވަތަ ޕްރެކްޓިކަލް) (%20)
  6. އިންޓަރވިއު (%35)

ނޯޓް: މަގާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމްލަ 60 އިން ފެށިގެން މަތިން ޕޮއިންޓް ލިބެންވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 01 ސެޕްޓެންބަރު 2025 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، ސ.ހިތަދޫ ސްކޫލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

 މި މަޤާމަށް  މީހަކު  ހޮވުމަށް  ބޭއްވޭ  އިންޓަރވިއު  އޮންނާނީ 2 ސެޕްޓެންބަރު 2025 އާއި 07 ސެޕްޓެންބަރު 2025 އާ ދެމެދު، ސ.ހިތަދޫ ސްކޫލް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6886908 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

03 ރަބިޢުލްއައްވަލު 1447

ޑރ. އާސިޔަތު މުހައްމަދު ދީދީ  

ޕްރިންސިޕަލް

26 އޮގަސްޓް 2025
ހޯދާ