މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު- މުއްދަތު އިތުރުކުރުން

ދިވެހިރާއްޖެ،

ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓްP177040

ގްރާންޓް ނަންބަރު : E047-MV

 

މަސައްކަތުގެ ބާވަތް: ޕްރޫފް އޮފް ކޮންސެޕްޓް (ޕީއޯސީ) - ސޮފްޓްވެއަރ-ޑިފައިންޑް ވައިޑް އޭރިއާ ނެޓްވޯކް (އެސްޑީ-ވޭން) އިމްޕްލިމެންޓޭޝަން

 

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އިން ވޯލްޑް ބެންކްގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓުން، ޤައުމީ ކޮމްޕިއުޓަރ ވިއުގައިގެ ޚިދުމަތް (ކަވަރޭޖް) އިތުރަށް ފުޅާކުރުމަށާއި، މި ވިއުގައިގެ ވިލުންތެރިކަން އިތުރުކުރުމަށް، ސޮފްޓްވެއަރ ޑިފައިންޑް ވައިޑް އޭރިއާ ނެޓްވޯކް (އެސްޑީވޭން) ޓެކްނޯލޮޖީ ބޭނުންކޮށްގެން، ރާއްޖޭގެ އެކި ސަރަހައްދުގައި ޤާއިމްކޮށްފައިވާ އިދާރާތަކުގައި ހުރި އިންޓަރނެޓް ބޭންޑްވިތް ކެޕޭސިޓީއަށް ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން ޕްރޫފް އޮފް ކޮންސެޕްޓް (ޕީ.އޯ.އެސް) ހެދުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް 2025 ޖުލައި 17 ވަނަ ދުވަހު ކޮށްފައިވާ ނަންބަރު (IUL)10-DMADD/10/2025/107 އިއުލާނަށް "ޕްރޮޕޯސަލް"  ހުށަހެޅުމުގެ މުއްދަތު 2025 ސެޕްޓެމްބަރު2 ވަނަ ދުވަހުގެ 10:00ގެ ނިޔަލަށް އިތުރު ކޮށްފައިވާކަން ދެންނެވީމެވެ.

މި އިޢުލާނާ ގުޅުންހުރި އެންމެހާ އިސްލާހުތައް ދެންނެވިފައިވާ ތާވަލުގައި ހިމެނިފައިވާނެއެވެ.

 

ރެފަރެންސް ނަންބަރު

ޕަބްލިޝް ކޮށްފައިވާ ތާރީޚް

ތަފްޞީލު

ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި

(IUL)10-DMADD/10/2025/107

17 ޖުލައި 2025

އޮރިޖިނަލް އިޝްތިހާރު

31 ޖުލައި 2025، 1000

(IUL)10-DMADD/10/2025/113

31 ޖުލައި 2025

ފުރަތަމަ އިޞްލާޙު

(މުއްދަތު އިތުރުކުރުން)

19 އޮގަސްޓު 2025، 1000

(IUL)10-DMADD/10/2025/127

17 އޮގަސްޓު 2025 

ދެވަނަ އިޞްލާޙު

(މުއްދަތު އިތުރުކުރުން)

2 ސެޕްޓެމްބަރު 2025، 1000

(IUL)10-DMADD/10/2025/133

26 އޮގަސްޓު 2025 

ދެވަނަ އިޞްލާޙު

(މުއްދަތު އިތުރުކުރުން)

10 ސެޕްޓެމްބަރު 2025، 1000

 

މި ޓީ.އޯ.އާރް އާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވާ ފަރާތްތަކުން، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން، ތިރީގައި ބަޔާންކޮށްފައިވާ އެޑްރެހަށް ލިޔުމުން ހުށަހަޅުއްވުން އެދެމެވެ.

ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 2025 ސެޕްޓެމްބަރު 2 ވަނަ ދުވަހުގެ  10:00 ގެ ކުރިން، " ޕްރޮޕޯސަލް" ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ. " ޕްރޮޕޯސަލް" ޕޯސްޓް މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ.

 

ޕްރޮޖެކްޓް މެނޭޖަރ

ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް،

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ،

ކަލާފާނު ހިނގުން، މާލެ 20064، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.mohst.gov.mv/ dmadd.gov.mv

ފޯނު ނަންބަރު: 3302253

26 އޮގަސްޓް 2025
ހޯދާ