ދިވެހިރާއްޖެ
މާވަށު ޞިއްޙީ މަރުކަޒުގެ ޖެނެރަލް ވޯޑުގެ ބޮޑު ދޮރާއި ދޮރުފަތް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތާއި ގުޅޭ ތަފުސީލާއި، ކޯޓޭޝަން ހުށަހަޅާއިރު ފުރިހަމަ ކުރަންޖެހޭ ކަންކަމުގެ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ. މި މަސައްކަތުގެ ސައިޓް ވިޒިޓްގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 28 އޯގަސްޓު 2025 ބުރާސްފަތި ދުވަހުގެ 10:00 އަށް މާވަށު ޞިއްޙީ މަރުކަޒަށް ހާޒިރުވުމަށް ދަންނަވަމެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 އޯގަސްޓު 2025 ވާ އާދީއްތަ ދުވަހުގެ 13:30 އަށް ގަމު ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމަށް ނުވަތަ މާވަށު ޞިއްޙީ މަރުކަޒަށް ކޯޓޭޝަން ހުށަހެޅުމަށް ހާޒިރުވުމަށް ދަންނަވަމެވެ. ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންގެ ކޯޓޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ކޯޓޭޝަން ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. މިމަސައްކަތަށް ކުރިމަތި ލެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގައި ރަޖިސްޓަރީކުރެވިފައިވާ ވިޔަފާރިތަކަށެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6805905 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.