މާލެއަތޮޅު ގާފަރު ސްކޫލް
ދިވެހިރާއްޖެ
ސްކޫލްގައި ފާހަނާއަކާއި ވޯސްރޫމެއް ހެދުމަށް

                                                                    ނަމްބަރު: GS147-C/2025/13

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

          މިސުކޫލުންދޭ މަޢުލޫމާތާއި އެއްގޮތަށް، ސުކޫލްގައި ފާހާނާއަކާއި ވޯސްރޫމެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

         މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

        މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިސުކޫލްގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ. ކޯޓޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 07 ސެޕްޓެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 11:00ގައި ގާފަރު ސުކޫލްގައެވެ.

        ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިސުކޫލްގެ އިދާރާއަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.    

 

26 އޮގަސްޓް 2025
ހޯދާ