ދިވެހިރާއްޖެ
މަޤާމު |
އެޑްވޮކަސީ އޮފިސަރ |
||
ބޭނުންވާ އަދަދު |
01 |
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
ރޭންކް: އެމް.އެސް 2 |
މުސާރަ |
މަހަކު -/6295 ރުފިޔާ |
||
ސަރވިސް އެލަވަންސް |
މަހަކު -/2000 ރުފިޔާ |
||
ލިވިންގ އެލަވަންސް |
މަހަކު -/3000 ރުފިޔާ |
||
އެހެނިހެން |
މަޤާމުގެ ގޮތުން ދެވޭ ޚާއްޞަ އެލަވަންސްގެ ގޮތުގައި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރުން މަނާކުރުމަށް ޝަރުޠުކޮށް، މުސާރައިގެ %35 ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
||
މަސައްކަތް ކުރަންޖެހޭ ތަން |
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ |
||
ތަޢުލީމާއި ތަޖުރިބާ
|
ތަޢުލީމީ ފެންވަރު:
މަސައްކަތުގެ ތަޖުރިބާ:
|
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
|
||
މިމަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަންފޯމާއެކު ތިރީގައިވާ މަޢުލޫމާތު ހުށަހަޅަންވާނެއެވެ. 1- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓިތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު. 2- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 4- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ) 5- މިހާރު ސިވިލް ސަރވިސްގެ ވަޒީފާގައި ހުރި މުވައްޒަފެއްނަމަ، ފުރިހަމަކޮށްފައިވާ "މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" 6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ، މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ (ރިކޮމެންޑޭޝަން ލެޓަރ) ލިޔުމެއް (އޮޕްޝަނަލް) އިތުރު މަޢުލޫމާތު: 1- މި މަގާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. 2- މިވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތެއް ދިނުމަށްފަހު ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބަލައި ވަޒީފާ ދާއިމީ ކުރެވޭނެއެވެ. 3- މިމަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ފެންވަރާއި ހުނަރާއި ޤާބިލުކަމަށް ބަލައި ކުރެވޭ އިންޓަރވިއުއިން އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ ކުށުގެ ރެކޯޑު ސާފުކުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރެކޯޑެއް ނުވާނަމައެވެ. 4- އޮތޯރިޓީގެ ވަޒީފާތަކަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަޒީފާތަކެކެވެ. މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރައްވާ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް 18 އޮކްޓޫބަރު 2015 ވަނަދުވަހުގެ 13:30 ގެ ކުރިން މިއޮތޯރިޓީއަށް (ހ.ފުލިދޫގެ 2 ވަނަ ފަންގިފިލާ، ކަލާފާނު ހިނގުން) ހުށަހެޅުއްވުން އެދެމެވެ. ނޯޓް: - ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުން http://fpa.gov.mv/downloads/FPA-Job-Application-latest.pdf އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ފޯން: 3010551 ފެކްސް: 3010552 އީ-މެއިލް: [email protected] ވެބްސައިޓް: www.fpa.gov.mv ފޭސްބުކް: www.facebook.com/fpa.maldives |