އަރިއަތޮޅު އުތުރުބުރީ އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ ކޮމިއުނިޓީ ހެލްތު އޮފިސަރ

މި ހޮސްޕިޓަލްގެ ތިރީގައި މިދަންނަވާ މަޤާމުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވާލަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ ގިނަވަގުތު މަސައްކަތުގައި އުޅެވޭ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ބޭނުންވާ އަދަދު

ސީނިއަރ ކޮމިއުނިޓީ ހެލްތު އޮފިސަރ

01

  • މަޤާމުގެ ނަން: ސ.ކޮމިއުނިޓީ ހެލްތު އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

މަޤާމު އޮތް ތަން

އއ. އަތޮޅު ހޮސްޕިޓަލް/ އއ. ރަސްދޫ

އާންމުގޮތެއްގައި މަސައްކަތް ކުރަންޖެހޭތަން:

އއ. އަތޮޅު ހޮސްޕިޓަލް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- މިނިސްޓްރީއޮފް ހެލްތު އެންޑް ޖެންޑަރ އަދި ހޮސްޕިޓަލުގެ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތްވާގޮތުގެ މަތިން ކޮންމެ އަހަރަކުވެސް އެކްޝަން ޕްލޭނެއް ހައްދަވައި އެ ޕްލޭނާ އެއްގޮތަށް ޞިއްޙީމަރުކަޒުތަކާއި ހެލްތުޕޯސްޓްތަކުގެ ހެލްތު ޕްރޮމޯޝަން ޕްރޮގްރާމްތައް ރާވައި އެކަންތައްތައް ހިނގާނުހިނގާގޮތް ބެލުމާއި ކަމާބެހޭ ފިޔަވަޅު އެޅުން.

2- ރަށުގެ ޞިއްޙީޙާލަތު ރަނގަޅުކުރުމަށް ބޭނުންވާ ޞިއްޙީމަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ރޭވުމުގައި އެހީތެރިވެ އެކަންތައްތައް ހިނގާނުހިނގާގޮތް ބަލައި އިވެލުއޭޓްކޮށް ފީޑްބެކްދިނުން. އަދި ޕްރޮގްރާމްތައް ހަރުދަނާކަންމަތީ ހިންގުމަށް ބޭނުންވާ އިތުރު އެހީ ފޯރުކޮށްދިނުމަށް ވީ އެންމެ ފުޅާދާއިރާއެއްގައި މަސައްކަތްކުރުން.

3- ކޮމިނިއުނިކަބްލް އަދި ނޮން ކޮމިއުނިކަބްލް ޑިޒީޒް ކޮންޓްރޯލް ޕްރޮގްރާމްތައް ރަށްރަށުގައި ގަވާއިދުން ހިންގުމާއި ގަވާއިދުން ރިޕޯޓް ފޮނުވުން.

4- ޗައިލްޑް އެންޑް ނިއުޓްރިޝަން ޕްރޮގްރާމްގެ މަސައްކަތް ކުރުމާއި ޑިޕާޓްމެންޓުން ފޮނުވާފައިވާ ވަސީލަތްތަކުގެ ސްޓޮކް ބެލެހެއްޓުމާއި ގަވާއިދުން ރިޕޯޓް ފޮނުވުން.

5- ސްކޫލް ހެލްތު ޕްރޮގްރާމް ރަށުގައި ގަވާއިދުން ހިންގައި ރިޕޯޓް ފޮނުވުން.

6- ޚިދުމަތް ދިނުމަށް ދަތިނުވާނެހޭން ތެލެސީމިޔާ ކުދިންނަށް ބޭނުންވާ ތަކެއްޗާއި ކަންކަމުގައި މޯލްޑިވިއަން ބްލަޑް ސަރވިސްގެ އިރުޝާދާ އެއްގޮތަށް ޢަމަލުކޮށް، ވީ އެންމެ ފުޅާ ދާއިރާއެއްގައި އެ މަސައްކަތުގައި އެހީތެރިވެ ރެކޯޑުތައް ބެލެހެއްޓުން.

7- ރެޕްރޮޑެކްޓިވް ހެލްތު ޕްރޮގްރާމުގެ ޚިދުމަތް ދިނުމުގައި ލުއިފަސޭހަކަމާއެކު ޚިދުމަތް ލިބިގަނެވޭނެ ފަދަ ގޮތަކަށް ރާވައި ހިންގުމާއެކު ސްޓޮކް ބެލެހެއްޓުން.

8- ޞިއްޙީ ހޭލުންތެރިކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތާ ބެހޭގޮތުން ރަށުގައި ހިންގޭ އެންމެހައި ޙަރަކާތްތަކުގެ ރިޕޯޓު ފޮނުއްވުން.

9- ރަށުތެރޭގެ ޞިއްހީޙާލަތު ދެނެގަތުމަށް ވިޒިޓްތައް ޕްލޭންކޮށް ހޮސްޕިޓަލް ހުންނަ ރަށްރަށުގައި އަދި އެހެނިހެން ރަށްރަށުގައި ރަށުތެރޭގެ ވިޒިޓް ޕްރޮގްރާމް އެކުލަވާލައި ކުރިއަށް ގެންދިއުން.

10- ރަށުގައި ރޯގާއެއް ފެށިއްޖެނަމަ އެރޯގާ ކޮންޓްރޯލް ކުރުމާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ރަށުގައި ރޯގާއެއް ފެށިއްޖެނަމަ އެކަން ހިނގާނުހިނގާގޮތް ވިލަރެސް ކުރުމާއި، އެ މަޢުލޫމާތު ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް އަންގައި މަޝްވަރާ ހޯދައި ފިޔަވަޅު އެޅުން.

11- ޞިއްޙީ ހޭލުންތެރިކަން އިތުރު ކުރުމަށް ހިންގޭ ވާރކްޝޮޕް، ސެމިނަރ ބައްދަލުވުންތައް އިންތިޒާމުކޮށް ރާވައި ހިންގުން.

12- ޢާންމުންނަށް އަމާޒުކޮށްގެން ހިންގާ ޞިއްޙީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމް ރާވައި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުން.

13- ޞިއްޙީ މައުލޫމާތު އެކުލެވޭފަދަ ލީފްލެޓް ލުއިފޮތް އަދި ވީޑިއޯ ޓޭޕް ތައްޔާރުކޮށް / ހޯދައި (ހެލްތް ޕްރޮމޯޝަން ސެކްޝަންގެ މުވައްޒަފުންގެ އެހީތެރިކަމާއެކު) ކޮމިއުނިޓީއަށް ފޯރުކޮށްދިނުން.

14- ޞިއްޙީމަރުކަޒުގެ މުވައްޒަފުންގެ މެދުގައި ޞިއްޙީ މަޢުލޫމާތު އިތުރުކުރުމަށް އެކި ޕްރޮގްރާމްތައް ރާވައި ހިންގުން.

ޝަރުޠު:

1. ޕްރައިމަރީ ހެލްތް ކެއަރ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. ޕްރައިމަރީ ހެލްތު ކެއަރ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3. ޕްރައިމަރީ ހެލްތު ކެއަރ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

4. ޕްރައިމަރީ ހެލްތު ކެއަރ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް:

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  2. ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތްތައް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް -/100 ރުފިޔާ

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި ހޮސްޕިޓަލްގެ ކައުންޓަރުން ކައުންޓަރުން ލިބެން ހުންނާނެއެވެ.) އަދި ސިވިލް ސަރވިސްގެ www.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. )                                 
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.(އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި:

- މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުމުގެ އެންމެފަހުގެ ތާރީޚަކީ 18 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި ހޮސްޕިޓަލްގެ އިދާރީ ސެކްޝަނަށް. އަދި  މަޢުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަންތައް ބަލާނުގަނެވޭނެއެވެ.

- ދެންނެވިފައިވާ މުއްދަތުގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނޭ ވާހަކަވެސް ދަންނަން.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

- މި މަޤާމަށް ކުރިމަތިލާ މީހުންނާއި އިންޓަރވިއުކުރުން އޮންނާނީ މިހޮސްޕިޓަލްގެ ކޮންފަރެންސްހޯލުގައެވެ.

- މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ ނޮވެންބަރުމަހުގެ ތެރޭގައެވެ.

- މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6660645 އެވެ.

 

30 ސެޕްޓެންބަރު 2015
ހޯދާ