ގއ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑްރައިވަރ

މި ހޮސްޕިޓަލުގެ ނަންބަރު (IUL)GA.AH/HR/2014/08 17 އެޕްރީލް 2015 ގައި ކުރެވުނު އިއުލާނުގައި ވަޒީފާއަށް މީހުން ހޯދުމަށް ކުރަންޖެހޭ އިޢުލާން ތައްޔާރުކުރުމުގައި ބަލަންޖެހޭ ކަންތައްތައް ފުރިހަމަނުވާތީ، މިބައިތައް އިޞްލާޙުކޮށް އަލުން އިޢުލާން ކުރެވޭ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

ގއ.އަތޮޅު ހޮސްޕިޓަލްގެ ދަށުން ހިންގަމުންގެންދާ ގއ.މާމެންދޫ ޞިއްޙީ މަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަގާމު

ޑްރައިވަރ

ބޭނުންވާ ޢަދަދު

01

މަގާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް1

ރޭންކް:އެސް އެސް 2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ގއ.މާމެންދޫ ޞިއްޙީ މަރުކަޒު / ގއ.މާމެންދޫ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މަރުކަޒުން އަންގަވާ ގޮތެއްގެ މަތިން އެމްބިއުލާންސް ދަތުރުތައް ކުރުން

އަސާސީ ޝަރުޠު

  • މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަގާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލު ކޮށްފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

އިނާޔަތްތައް

  •   ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  •   ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް -/75 ރުފިޔާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ގއ.އަތޮޅު ހޮސްޕިޓަލް ކައުންޓަރުންނާއި، ގއ.މާމެންދޫ ހެލްތު ސެންޓަރ އިން ލިބެން ހުނާނެއެވެ. އަދި މިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. )
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

12 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން ގއ.މާމެންދޫ ޞިއްޙީ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ  6824752 އެވެ.

ނޯޓް:

 

  •  އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  •  ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު އިންޓަރވިއުއަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި އިންޓަރވިއު ބާއްވާ ތާރީޚުގެ 24 ގަޑިއިރު ކުރިން ލިޔުމުން އެންގޭނެއެވެ.

 

30 ސެޕްޓެންބަރު 2015
ހޯދާ