މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
" ޕަޑީ ސެޓިފައިޑް އެޑްވާންސް އޯޕަން ވޯޓަރ ޑައިވިންގ ކޯސް އަދި ރެސްކިއު ޑައިވިންގ ކޯސް" އެއް ހިންގައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ (ދެވަނަ ފަހަރަށް)
" ޕަޑީ ސެޓިފައިޑް އެޑްވާންސް އޯޕަން ވޯޓަރ ޑައިވިންގ ކޯސް އަދި ރެސްކިއު ޑައިވިންގ ކޯސް" އެއް ހިންގައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ (ދެވަނަ ފަހަރަށް)
- ޕަޑީ ސެޓިފައިޑް އެޑްވާންސް އޯޕަން ވޯޓަރ ޑައިވިންގ ކޯސް އަދި ރެސްކިއު ޑައިވިންގ ކޯސް" އެއް ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު، މި އިދާރާގެ ނަންބަރ (IUL)227-AD-PM/227/2025/27 (03 އޮގަސްޓް 2025) އިޢުލާނާއި ގުޅިގެން ބީލަން ހުށައަޅުއްވާފައިވަނީ އެއްމެފަރާތަކުން ކަމަށް ވުމާއި، އަދި އެފަރާތުން ހުށައެޅުއްވި އަގު މި ކައުންސިލުން އަންދާސާކުރި ވަރަށްވުރެ ބޮޑުކަމަށްފެންނާތީ އެއިޢުލާން ބާޠިލުކޮށް، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސްމިއިދާރާގެ ވެބްސައިޓުން (shaviyani.gov.mv) ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
- މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ 2025 އޮގަސްޓް 28ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެސްއަށް ސިޓީ/އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ. ސިޓީ/އީމެއިލްއިން ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2025 އޮގަސްޓް 31 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން، އެ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި މެއިލްކުރެވޭނެއެވެ.
- ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2025 ސެޕްޓެމްބަރ 07ވާ އާދީއްތަ ދުވަހުގެ 10:30ގައި މިއިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ. އީމެއިލް އަދި ފެކްސް މެދުވެރިކޮށް ހުށައެޅޭ ބިޑްތަކާއި ކަނޑައެޅިފައިވާ ތާރީޚާއި ގަޑީގެ ކުރިން ހުށައެޅޭ ބިޑްތައް ބަލައެއް ނުގަނެވޭނެއެވެ.
- ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.
ފޯން: 6540400، 6540463
އީމެއިލް: [email protected]
ކޮޕީ: [email protected]
25 އޮގަސްޓް 2025
ހޯދާ