ދިވެހިރާއްޖެ
މާލޭ އުތުރުފަރާތުގެ ލޯކަލް މާރުކޭޓުގެ އިރުމަތީ ތޮއްޓާއި އެއްގަމުތޮށި މަރާމާތުގެ މަސައްކަތް ކުރަމުން ދާތީ އެސަރަހައްދުން ހިދުމަތް ހޯދަމުންދިޔަ ދުވަހު ފެރީތަކަށް ހުއްޓުމެއްނެތި ޙިދުމަތް ދިނުމަށްޓަކައި އެމް.ޕީއެލް އިންވަނީ 2 ސަރަހައްދެއް ހަމަޖައްސާފައެވެ.
ވީމާ، އުތުރު ފަރާތުގެ ތޮށިތައް މަރާމާތުގެ މަސައްކަތް ނިމެންދެން 20 އޮގަސްޓް 2025 ވަނަ ދުވަހުން ފެށިގެން 19 ނޮވެމްބަރ 2025 ވަނަ ދުވަހުގެ ނިޔަލަށް ( 3 މަސްދުވަހުގެ މުއްދަތައް ) އެމްޕީއެލްގެ ނޯތު ހާބަރުންނާއި ސައުތުވެސްޓް ހާބަރު (ޓީ ޖެޓީ) ން އެހިދުމަތް ލިބޭނެކަމުގައި ދަންނަވަމެވެ. 3 މަސް ދުވަސް ހަމަވެ މަރާމަތުގެ މަސައްކަތް ނިމުމުން މި ދެ ހާބަރުން ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް މި ދެ ހާބަރު ހިންގުމުގެ އުސޫލުގައިވާގޮތަށް ހިދުމަތް ފޯރުކޮށްދޭނެ ވާހަކަވެސް މި ފުރުސަތުގައި ދަންނަވަމެވެ.
އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ މާލޭ ނޯތު ހާބަރުގެ އޮޕަރޭޝަންސް ނަންބަރު 3006545 އަދި ޓީ ޖެޓީ އޮޕަރޭޝަންސް ނަންބަރު 3039644 އަށް ގުޅުވުންއެދެމެވެ.