ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
800 ކިލޯ ގެ ޕިކަޕެއް ގަންނަން

800 ކިލޯ ގެ ޕިކަޕެއް ގަންނަން ބޭނުންވެއްޖެ.

މި އިދާރާއަށް ބުރޭންޑް ނިއު ނުވަތަ ރިފާރބިޝްޑް (800 ކިލޯގެ) ޕިކަޕެއް ގަންނަން ބޭނުންވެއްޖެ. މި ޕިކަޕަށް އަންދާސީހިސާބު ހުށަހަޅުއްވާނީ ބްރޭންޑް ނިއު އަދި ރިފާރބިޝްޑް ތަކެތީގެ އަގު އަދި ސްޕެސިފިކޭޝަން ވަކިން އެނގޭގޮތަށެވެ.

އަންދާސީހިސާބު އިވެލުއޭޓް ކުރެވޭ ގޮތުގެ ތަފުސީލު

އަގަށް: 80 ޕޮއިންޓް (އެންމެ އަގުހެޔޮ ފަރާތަކަށް ގިނަ މާކްސް ލިބޭ އުސޫލުން)

މުއްދަތު: 10 ޕޮއިންޓް (އެންމެ ކުރުމުއްދަތަށް ގިނަ މާކްސް)

ތަޖުރިބާ: 10 ޕޮއިންޓް (މިފަދަ ތަކެތި ސަޕްލައިކޮށްފައިވާނަމަ މަސައްކަތްކުރި ކަމުގެ ލިޔުންތަކަށް ބެލެވޭނެއެވެ.)

ހުށަހަޅަންވީ ތަކެތި:

  • ޕިކަޕް ވިއްކޭނެ އަގު
  • ސަޕްލައިކޮށްދޭނޭ މުއްދަތު
  • ޓެކްނިކަލް ސުޕެސިފިކޭޝަން
  • ވޮރެންޓީ އޮތްކަމުގެ ލިޔުން
  • ކުންފުނީގެ މަޢުލޫމާތު (ޕުރޮފައިލް، ރަޖިސްޓްރޭޝަންގެ ކޮޕީ، ޖީއެސްޓީ ރަޖިސްޓްރޭޝަން) އެހެން ފަރާތްތަކަށް ޕިކަޕެއް ވިއްކާފައިވާނަމަ، ވިއްކިކަމުގެ ލިޔުން، ޖީއެސްޓީގެ ކޮޕީ އަދި މާލީ ޤާބިލުކަން އަންގައިދޭ ލިޔުން.

ވީމާ، މިއިދާރާއަށް ޕިކަޕެއް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއިދާރާގެ ޖަލްސާކުރާ ހޯލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތް މިސެޝަނުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ 7509075 އަދި 7998045 ފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

22 ޛުލްޙިއްޖާ 1436

06 އޮކްޓޫބަރު 2015
ހޯދާ