ދިވެހިރާއްޖެ
ލ.ގަން ކައުންސިލާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް އާއި ގުޅިގެން އެންދެރި ޕްރޮޖެކްޓްގެ ދަށުން ލ.ގަން ބޮޑުފެންގަޑު ސަރަހައްދު ތަރައްގީ ކުރުމުގެ މަސްރޫއު އަށް ބޭނުންވާ 2ބަގީ އާއި 12ބައިސިކަލް އާއި 3ކެނޯ އަދި ކެމެރާ ސިސްޓަމެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ފަރާތްތަކުން 27 އޯގަސްޓް 2025 ގެ 12:00 ކުރިން ބިޑް ޑޮކިއުމަންޓް ގަތުމަށް ފަހު ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ޓުރާންސްފަރ ކުރުމަށްފަހު ސްލިޕް ވައިބަރ ކުރުމުން ބިޑް ޑޮކިއުމަންޓް ހިއްސާކުރެވޭނެއެވެ.
*އެކައުންޓް ނަންބަރ: 7707700315001
*ބިޑް ޑޮކިއުމަންޓް އަގު: 1000/- (އެއްހާސް ރުފިޔާ)
*ވައިބަރ ނަންބަރ: 7611515
| 
 #  | 
 
  | 
 ތަން  | 
 ތާރީޙް  | 
 ގަޑި  | 
| 
 1  | 
 ބީލަމުގައި ރަޖިސްޓުރީވުމަށް  | 
 ބީލަމުގައި ރަޖިސްޓުރީވުމަށް ބިޑް ފޮތް ވިއްކުން  | 
 27 އޯގަސްޓް 2025 (ބުދަ)  | 
 12:00 އަށް  | 
| 
 2  | 
 ބީލަން ހުށަހެޅުން  | 
 ލ.ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމް (ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އަންދާސީހިސާބެވެ.)  | 
 03 ސެޕްޓެމްބަރ 2025 (ބުދަ)  | 
 13:00 ގައި  | 
ބީލަން ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި ބީލަމުގައި ރަޖިސްޓުރީނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގައި ބައިވެރިނުވެވޭނެއެވެ. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2025 ސެޕްޓެމްބަރ 03 ވާ ބުދަ ދުވަހުގެ 12:00 އާއި ހަމައަށް ގަމު ކައުންސިލްއަށް ހާސިރުވެ ނުވަތަ 7611515 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. ވީމާ، މިކަން އަންގާ އިއުލާން ކުރީމެވެ.
