ދިވެހިރާއްޖެ
ށ.ކަނޑިތީމު ބަނދަރު ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތައް ބޭނުންވާ ބެންޗު ގޮނޑި އަދި ޓާމިނަލް ބެންޗު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން. |
މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ށ.ކަނޑިތީމު ބަނދަރު ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތައް ބޭނުންވާ ބެންޗު ގޮނޑި އަދި ޓާމިނަލް ބެންޗު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ. ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަމުގައި ރަޖިސްޓްރީވުން:
ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 21 އޮގަސްޓް 2025 ބުރާސްފަތި ދުވަހުގެ 13:00ން ފެށިގެން 27 އޮގަސްޓް 2025 ބުދަ ދުވަހުގެ 13:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.
ލިންކް: https://forms.cloud.microsoft/r/dn0w36gCBW
މަޢުލޫމާތު ދިނުން:
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަދި އަގު ހުށައަޅާ ފޯމް މިމަސައްކަތާއި ގުޅޭ މިއިއުލާނާއި އެކު އާންމު ކުރެވިފައިވާނެއެވެ.
ބީލަން ހުށަހެޅުން:
ބީލަން ހުޅުވުން އޮންނާނީ 28 އޮގަސްޓް 2025 (ބުރާސްފަތި) ދުވަހުގެ މެންދުރު 13:15ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް، އަދި މަޢުލޫމާތާއި ލިޔެކިޔުން ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިބީލަމުގައި ބައިވެރިވަޑައިގެންނެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ޤާނޫނު ނަމްބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
27 ޟަފަރު 1446
21 އޮގަސްޓް 2025