ދިވެހިރާއްޖެ
(IUL)276/276/2025/74ނަމްބަރ:
އިޢުލާން
އަތޮޅު ފެންވަރުގައި މިރަށުގައި މިއަހަރު ފާހަގަކުރުމަށް ނިންމަވާފައިވާ ޤައުމީ ދުވަހުގެ އިވެންޓުތަށް ލައިވްސްޓްރީމިންގ އަދި ފޮޓޯނެގުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.
މި އަހަރުގެ ޤައުމީ ދުވަސް، އަތޮޅު ފެންވަރުގައި މިރަށުގައި ބާއްވާ ހުރިހާ އިވެންޓުތަކުގެ ލައިވްސްޓްރީމިންގ އަދި ފޮޓޯނެގުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، ބޭނުންވެއްޖެއެވެ.
ޕްރޮޕޯސަލް ހުށަހެޅުން:
މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން، މިކަމަށް ހުށަހަޅާ އަގު ( ކޯޓޭޝަން )އަދި މަސައްކަތް ތަފްސީލު 25 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން، [email protected] މެއިލް ނުވަތަ މިލަދުންމަޑުލުއުތުރުބުރީ ބިލެތްފަހީ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މައުލޫމާތު:
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ، 6540047 / 7904032 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.
27 ސަފަރު 1447
21 އޮގަސްޓް 2025