ދިވެހިރާއްޖެ
އިޢުލާން
ޤާނޫނު ނަންބަރު 2010/07 ( ދިވެހިރާއްޖެގެ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 16 ވަނަ އިސްލާހުގެ ސަބަބުން ކައުންސިލުން ކުރަމުންދާ މަސައްކަތް މަޑުޖައްސާލަން ޖެހިފައިވާ ކަންކަން ރައްޔިތުންނާއި ހިއްސާކުރުން.
ޤާނޫނު ނަންބަރު 2010/07 ( ދިވެހިރާއްޖެގެ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 16 ވަނަ އިސްލާހުގެ ސަބަބުން މި އަންނަނިވި ކަންކަން މި ހިނދަށް ހުއްޓާލުމަށް ޖެހިފައިވާކަން އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.
- ބުނެވިދިޔަ ޤާނޫނުގެ 1-144 ވަނަ މާއްދާގެ (ހ) ގައި ކައުންސިލްގެ އިދާރާގެ ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒިފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުޞޫލުން މުވައްޒިފުން ނެގުން މާނާކުރެވިފައި ވުމުން:
- ކައުންސިލް އިދާރާގެ ކައުންސިލް އޮފިސަރ (ދާއިމީ) މަޤާމަށް މުއައްޒަފަކު ނެގުމުގެ މަސައްކަތް މަޑުޖައްސާލުން.
- ކުނިކޮށި ، ކުޅިވަރު ޕާރކް ، އިޖްތިމާއި ޕާރކް، ޕިކްނިކް އޭރިޔާ، ގަބުރުސްތާން ، އިޖްތިމާއީ ސަރަޙައްދުތަށް ސާފުކޮށް ބެލެއްޓުމަށް މުވައްޒިފުން ނެގުމުގެ މަސައްކަތް މަޑުޖައްސާލުން.
- ބުނެވިދިޔަ ޤާނޫނުގެ 1-144 ވަނަ މާއްދާގެ (ށ) ގައި ކައުންސިލްގެ އިޙްތިޞާޞްގެ ދަށުގައި ހުރި ބިމާއި، ފަރާއި، ފަރުގެ ސަރަހައްދުތައް ކުށްޔަށްދޫކުރުން މަނާކުރެވިފައި ވުމުން:
- މަސްވެރިކަމާއި ގުޅުންހުރި މަސައްކަތަށް 3 ބިން ދޫކުރުމަށް ކުރެވެމުންދާ މަސައްކަތް މަޑުޖައްސާލުން
- ގެސްޓްހައުސް ތަރައްޤީ ކުރުމަށް 4 ބިން ދޫކުރުމަށް ކުރެވެމުންދާ މަސައްކަތް މަޑުޖައްސާލުން
- ދިރިއުޅުމަށް 90 ގޯތި ދޫކުރުމަށް ކުރެވެމުންދާ މަސައްކަތް މަޑުޖައްސާލުން
ވީމާ،މަތީގައި ބަޔާން ކުރެވިފައިވާ މަސައްކަތްތައް މާލީ ކަންކަން ހިންގުމާއިބެހޭ ވުޒާރާއާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީއިން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތީން މިމަސައްކަތްތަށް ކުރުމަށް ހުއްދަ ލިބުމުން ކުރިޔަށް ގެންދެވޭނެ ވާހަކަ މައުލޫމާތަށްޓަކައި އަންގަމެވެ.