މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިސްރަށްވެހިންނަށް ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރަން ފެށުން

އުމުރުންދުވަސްވީ މީހުންނަށް ސަރުކާރުގެ ފަރާތުން ދޫކުރުމަށް ނިންމާފައިވާ " އިސްރައްވެހީންނަށް ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް " ދޫކުރުމުގެ ކަންކަން މިހާރު ކައުންސިލުގެ ފަރާތުން ކުރިއަށް ގެންދެވޭގޮތަށް އިންތިޒާމުތައްވަނީ ހަމަޖެހިފައެވެ. މިލައިސަންސް ދޫކުރުމުގެ ކަންކަން ކުރިއަށް ދާނީ ކޮންމެ މަހަކު 1 ދުވަހުއެވެ. މިލައިސަންސް އަށް އެދެވޭނީ އުމުރުން 60 އަހަރު ވެފައިވާ ފަރާތްތަކަށެވެ.އަދި މިލައިސަންސް ނެގުމަށް އެދޭ ފަރާތްތަކުން ކައުންސިލުގެ ފަރާތުން ކުރިއަށް ގެންދާ ކަމާގުޅޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަންޖެހެއެވެ.

                        ވީމާ މަތީގައި ދެންނެވިފައިވާ ލައިސަންސް ބޭނުންވާ ފަރާތްތަކުން " އިސްރައްވެހިންނަށް ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އަށް އެދޭ ފޯމް " ފުރިހަމަކުރުމަށް ފަހު ފޯމުގައި ހުށަހެޅުމަށް ބުނެފައިވާ ތަކެއްޗާއެކު ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމް މިހާރު ކައުންސިލްގެ އިދާރާއިން ލިބެން ހުނާނެއެވެ.

                        މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

20 އޮގަސްޓް 2025
ހޯދާ