މަޤާމު:
|
ހިއުމަން ރިސޯސް އޮފިސަރ
|
ސެކްޝަން:
|
ކޯޕަރޭޓް ޑިޕާޓްމަންޓް
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ކ.މާލެ، ދިވެހިރާއްޖެ
|
އަސާސީ މުސާރަ:
|
6،000.00 ރުފިޔާ އާއި 6،500.00 ރުފިޔާއާ ދެމެދު
|
ސަރވިސް އެލަވަންސް:
|
90.00 ރުފިޔާ އާއި 100.00 ރުފިޔާއާ ދެމެދު (ޙާޒިރުވާ ކޮންމެ ދުވަހަކަށް)
|
ޙާޒިރީ އެލަވަންސް:
|
125.00 ރުފިޔާ އާއި 150.00 ރުފިޔާއާ ދެމެދު (ޙާޒިރުވާ ކޮންމެ ދުވަހަކަށް)
|
އެހެނިހެން އިނާޔަތްތައް:
|
މީގެއިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާން މަހުގެ އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ސީ.އޭ މޯލްޑިވްސްގެ މަޤާމްތަކަށް މީހުން ހޯދުމާއި، ވަކިވާ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން.
- މުވައްޒަފުންގެ މުސާރަ ހެދުމަށްޓަކައި ހިއުމަން ރިސޯސްއިން ނިންމަށްޖެހޭ މަސައްކަތްތައް ކަނޑައަޅާފައިވާ ޑެޑްލައިންއަށް ނިންމުން.
- ވަޒީފާއާއިބެހޭ ޤާނޫނުތަކާއި ޤަވާއިދުތަކާ ސަރކިއުލަރތަކުގައި ހިމެނޭ މަޢުލޫމާތު ދުވަހުން ދުވަހަށް ދެނެގަނެ އެމަޢުލޫމާތުތައް މުވައްޒަފުންނާއި ހަމައަށް ފޯރުވައި ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ކޮންމެ އަހަރެއްގެ މުވައްޒަފުންގެ ޕާރފޯމަންސް އެޕްރައިޒަލް ފުރިހަމަ ކުރުމުގެ މަސައްކަތްތައް ކުރުން.
- ސީ.އޭ މޯލްޑިވްސްގެ މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގތައް ދެނެގަނެ ސްޕަވައިޒަރުންގެ ލަފަޔާއިއެކު، ކަނޑައެޅިފައިވާ ޓްރެއިނިންގ ޝެޑިއުލް ސްޕަވައިޒަރުންނާއި ޙިއްސާކުރުމާއި، ޓްރެއިނިންގ ފުރިހަމަކުރާ މުވައްޒަފުންގެ ޝީޓް އުސޫލާއި އެއްގޮތަށް އަދާހަމަކޮށް ބެލެހެއްޓުން.
- ސީ.އޭ މޯލްޑިވްސްގެ އިދާރީ އޮނިގަނޑަށް ބަދަލެއް ގެންނަން ޖެހިއްޖެ ހިނދެއްގައި އެބަދަލެއް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ސުޕަވައިޒަރުންގެ އިރުޝާދުގެ ދަށުން ކުރުން.
- ހިއުމަން ރިސޯސް ސެކްޝަންގެ އަހަރީ ރިޕޯޓާއި، އިންޓަރނަލް ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު މަހުން މަހަށް އަދާހަމަކޮށް ބެލެހެއްޓުން.
- މުވައްޒަފުންގެ ރެޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން
- މުވައްޒަފުން އެކިއެކު ބޭނުމަށް ހޯދަން އެދިލައްވާ ވަޒީފާގައި އުޅޭކަމުގެ ލިޔުންތައް ތައްޔާރުކޮށް ފޮނުވުން.
- ޗުއްޓީއަށް އެދިލައްވާ މުވައްޒަފުންގެ ޗުއްޓީ ފެށުމުގެކުރިން ޗުއްޓީ ޗިޓު ފޮނުވުން.
- ވަޒީފާއަށް އަލަށް ގުޅޭ މުވައްޒަފުންނަށް އިންޑަކްޝަން ހިންގުން.
- ސީ.އޭ މޯލްޑިވްސްގެ އެޕޮއިންޓްމެންޓްތައް ހަމަޖައްސައި ބެލެހެއްޓުން، އިދާރީ މަސައްކަތް ބެލެހެއްޓުން.
- އޮފީހަށް ލިބޭ ތަކެތި އެންޓްރީކުރުމާއި ސުޕަވައިޒަރުގެ ލަފާގެ މަތިން އެންޓްރީތައް ފޮނުވަންޖެހޭ ފަރާތްތަކަށް ރޫޓްކުރުން.
- ސިޓީ ، ނޯޓް، މެސެޖްފަދަ ތަކެތި ފޮނުވުމަށްޓަކައި އީ-ގަވަރމެންޓުން ނަމްބަރު ހޯދުމަށްފަހު އީ-ގަވަރމަންޓް މެދުވެރިކޮށް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވައި ރިކޯޑްސް ފައިލްކޮށް ބެލެހެއްޓުން.
- އަހަރު ރިޕޯޓް ތައްޔާރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން.
- ސީ.އޭ މޯލްޑިވްސްގެ ސްޓޮކަށް ބޭނުންވާ އެންމެހައި ތަކެތި ހޯދުމަށް މުދާ ގަންނަށް އެދޭ ފޯމް ފުރިހަމަކޮށް ޕްރޮކިއުމަންޓަށް ފޮނުވުން.
- ޔުނިޓްގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔުން.
- ޙަވާލުކުރެވިފައިވާ މަސައްކަތްތަކުގެ އަޕްޓޭޑް، ކޮންމެ ދުވަހަކު މެނޭޖަރަށާއި ސީ.އީއޯއަށް ހިއްސާކުރުން.
- ސީ.އޭ މޯލްޑިވްސްގެ މަސައްކަތްތަކުގައި ޓީމުގެ އެހެން މެމްބަރުންނަށް އެހީތެރިކަން ދޭންޖެހޭ ހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- ސީ.އޭ މޯލްޑިވްސްގެ އިވެންޓްތަކާއި ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ހިންގާ އެހެނިހެން ހަރަކާތްތައް އިންތިޒާމުކުރުމުގައި އެހީތެރިވުން.
- އޮފީހަށް ލިބޭ އަދި އިންސްޓިޓިއުޓުން ފޮނުވާ ލިޔެކިޔުންތަކުގެ ރެކޯޑު ރަނގަޅަށް ބެލެހެއްޓުން.
- ސީއީ މޯލްޑީވްސްގެ ސްޓްރެޓެޖިކް ލަނޑުދަނޑިތައް ހާސިލުކުރުމުގައި މެނޭޖްމަންޓަށް އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
- ސީ.އޭ މޯލްޑިވްސްގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ހަރަކާތްތެރިވުމާއެކު، އިންސްޓިޓިއުޓްގެ ޚިދުމަތްތަކާ ގުޅުންހުރި އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން. މީގެތެރޭގައި ކޮމިޓީތަކުގެ ސެކްރެޓޭރިއެޓްގެ މަސައްކަތްތަކާއި، ލިޔެކިޔުންތައް ތައްޔާރުކުރުމާއި، އަދި ޙަވާލުކުރެވޭ އެހެނިހެން ޚާއްޞަ މަސައްކަތްތައް ހިމެނެއެވެ.
|
މަޤާމުގެ ޝަރުތުތައް:
|
- މަޤާމާއި ގުޅޭދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާޞިލްކޮށްފައިވުން، ނުވަތަ
- މަޤާމާއި ގުޅޭދާއިރާއަކުން ޑިޕްލޮމާ ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަތީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން (އިސްލާމް އަދި ދިވެހި ހިމެނޭގޮތަށް) ފާސްވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި އެހެނިހެން ސިފަތައް:
|
- އިދާރީ ހުނަރުތަކާއި ދިރާސާކުރުމުގެ ހުނަރު ލިބިފައިވުން.
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
- މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަންތައް ފަރިތަކޮށް ބޭނުންކުރަން އެނގުން.
- ވާހަކަދެއްކުމާއި، ލިޔުމާއި އަދި މީހުންނާ މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
- އެކައުންޓިންގ ދާއިރާގައި ކެރިއަރއެއް ބިނާކުރުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ
ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ވަޒީފާއަށް އެދޭ ފޯމު"
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ އަދި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ވަޒީފާއަށް އެދޭ ފޯމު" އާއި އެހެނިހެން ލިޔެކިޔުން ހުށަހަޅާނީ 31 އޮގަސްޓް 2025 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، [email protected] އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ޖޮބްސެންޓަރ މެދުވެރިކޮށެވެ.
ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އަދި އެޕްލިކޭޝަންގައިވާ މަޢުލޫމާތު ފުރިހަމަ ކުރެވިފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރުމުގެ އިޚްތިޔާރު އިންސްޓިޓިއުޓަށް ލިބިގެންވެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. އަދި އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
|
އިތުރު މަޢުލޫމާތު:
|
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7223793 ނުވަތަ 3348234 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.
|