މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަޢްޔިތުންނާއި ބައްދަލުކުރުން.

 

އިޢުލާން

 

ރަޢްޔިތުންނާއި ބައްދަލުކުރުން.

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ނަންބަރު 2010/7 ގެ 107 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް ބޭއްވުމަށް ލާޒިމުކުރާ ރައްޔިތުންގެ ޢާއްމު ބައްދަލުވުމެއް 26 އޯގަސްޓް 2025 ވާ އަންގާރަ ދުވަހުގެ ރޭ 21:00 ގައި ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލުގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި މިލައުތުރު މުބާރާތް ހޯސްޓް ކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމާއި މިއަހަރު ކުރިއަށް ގެންދަމުންދާ ކަންކަމުގައި ރަޢްޔިތުންގެ ހިޔާލާއި މަޝްވަރާހޯދުން އޮނަނާނެއެވެ.

ވީމާ، މި ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ކަނޑިތީމު ލޮބުވެތި އެންމެހައި ރަޢްޔިތުންނަށް ދަޢުވަތުއަރުވައި މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

26 ޞަފަރު 1447

20 އޮގަސްޓް 2025
ހޯދާ