ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްމާރުކޭޓްގައި މަސްކެނޑުމުގެ ޖާގަތަކަށް ކުރިމަތިލުމުގެ ފުރުޞަތު 02 އަހަރު ދުވަހަށް ހުޅުވާލުން

މަސްމާރުކޭޓުގެ 08 (އަށެއް) ޖާގައިގައި ރަޖިސްޓްރީ ވެގެން މަސްކެނޑުމުގެ ޚިދުމަތް 02 އަހަރު ދުވަހުގެ މުއްދަތަށް ދިނުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 26 އޯގަސްޓް 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެ  ކުރިން " ކުޅުދުއްފުށީ މަސްމާރުކޭޓުގައި މަސްކެނޑުމުގެ ޚިދުމަތް ދިނުމަށް އެދި ހުށަހަޅާ ފޯމް" ފުރިހަމަ ކުރެއްވުމަށް ފަހު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދޭ ފޯމް ރަސްމީ ގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މިޖާގަތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ފޯމް ހުށަހަޅުއްވާ ފަރާތްތަކުގެ އަދަދު 08 (އަށެއް) ވުރެން އިތުރުވެއްޖެނަމަ ފޯމް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ މެދުގައި ޤުރުއަތު ލައިގެންނެވެ.

              މަސްކަނޑާ އަށިތައް ދޫކުރުމާ ގުޅޭ އިތުރު މައުލޫމާތު މިއިދާރާގެ ވެބްސައިޓްގައި ޝާއިރު ކުރެވިފައިވާ "ކުޅުދުއްފުށީ މަސްމާރުކޭޓުގައި މަސްކެނޑުމުގެ ޚިދުމަތްދޭ ފަރާތްތަކާއި ވިޔަފާރި އުޞޫލުން މަސް ގަނެވިއްކާ ފަރާތްތަކުން ޢަމަލުކުރާ އުޞޫލު" އިން ލިބިލައްވާނެވެ. ތިރީގައިވާ ލިކުން ފޯމާއި އުސޫލް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

  • އުޞޫލު ލިންކް:

 https://kulhudhuffushicity.gov.mv/images/Kulhudhuffushi-Masmaarukeytugai-Maskendumuge-Hidhumaiydhey-Faraaiythakaai-Viyafaari-Usoolun-Mas-Ganevikka-Faraaiythakun-Amalukuraa-Usoolah-Badhaluge-1709624569508.pdf

  • ފޯމްގެ ލިންކް:

 https://kulhudhuffushicity.gov.mv/images/F1%20Fishing-license-application-form-1741150579809.pdf

19 އޮގަސްޓް 2025
ހޯދާ