ދިވެހިރާއްޖެ
އިޢުލާނު
ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަފަރުދުންގެ މުއައްސަސާތަކުގައި ނަރުހެއް ނުވަތަ މިޑްވައިފެއްގެ ހައިސިއްޔަތުން ބައެއް ފަރާތްތަކުން މޯލްޑިވްސް ނާރސިންގް އެންޑް މިޑްވައިފްރީ ކައުންސިލްގެ ދަފުތަރުގައި ރަޖިސްޓަރީވެ އަދާހަމަ ލައިސެންސް ނެތި މަސައްކަތްކުރައްވަމުން ގެންދަވާކަން ކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ.
ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 13/2015) 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ނަރުހެއް ނުވަތަ މިޑްވައިފެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރެވޭނީ، ޤާނޫނާއި މިޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައިވާ ގޮތުގެ މަތިން ކައުންސިލްގައި ރަޖިސްޓްރީކޮށް، ކައުންސިލުން ދޫކުރާ ލައިސަންސެއްގެ ދަށުން، ލައިސަންސްގައިވާ ޝަރުތުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި ހަމައެފަދައިން ލައިސަންސްގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުން ލައިސަންސް އައުނުކޮށް މަސައްކަތްކުރުމަކީ މިޤާނޫނުގެ 93 މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ކުށެއްކަމުގައި ދަންނަވަމެވެ.
ވީމާ، ކައުންސިލުގައި ރަޖިސްޓްރީ ނުކޮށް އަދި އަދާހަމަ ލައިސަންސެއް ނެތި ނަރުހެއް ނުވަތަ މިޑްވައިފެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމަކީ ޤާނޫނީގޮތުން މަނާކަމެއްކަން ޢާންމުކޮށް އަންގައި އިޢުލާނުކުރަމެވެ. ނަރުހުންނާއި މިޑްވައިފުން ތެރޭގައި އިދާރީ މަސައްކަތް ކުރައްވާ ނަރުހުން/މިޑްވައިފުން (ނާރސިން ޑިރެކްޓަރ/ނާރސިން އެޑްމިނިސްޓްރޭޓަރ) އަދި ތަމްރީނުކުރުމުގައި އުޅުއްވާ ނަރުހުން/މިޑްވައިފުން (ނާރސް އެޑިއުކޭޓަރ/ނާރސިން ލެކްޗެރަރ) ވެސް ހިމެނެއެވެ.