ދިވެހިރާއްޖެ
ނަންބަރު: (PP)320-ADHR/320/2025/1
ބ. އޭދަފުށީގައި ޓޫރިސްޓް ހޮޓާ އަދި ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމުގެ އުޞޫލު
ތައާރަފްއާއި ނަން |
1. |
(ހ) |
މިއުޞޫލަކީ ބ. އޭދަފުށީ ކައުންސިލުން ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނުގައި ހިމެނިފައިވާގޮތަށް އާންމުކޮށް ބިޑަށް ހުޅުވައިލައިގެން ފަތުރުވެރިކަމުގެ ސިނާއަތަށް ހާއްސަ ކުރެވިފައިވާ ބިންބިމުގައި، އެ ބިޑް ކާމިޔާބު ކުރި ފަރާތްތަކުން އިމާރާތް ކުރާ ޓޫރިސްޓް ހޮޓާތަކާއި ގެސްޓްހައުސްތައް އަދި އަމިއްލަ ފަރުދުންގެ ބިންބިމުގައި އިމާރާތްކުރާ ޓޫރިސްޓް ހޮޓާތަކާއި ގެސްޓްހައުސްތައް ތަރައްޤީކޮށް ހިންގުމުގެ ހުއްދަ އޭދަފުށީ ކައުންސިލުން ދިނުމުގެ ޝަރުޠުތަކާއި އިޖުރާއާތުތައް ކަނޑައެޅުމަށްޓަކައި އެކުލަވާލާފައިވާ އުޞޫލެކެވެ. މިއުޞޫލު އެކުލަވާލެވިފައިވަނީ، ދިވެހިރާއްޖޭގެ ޓުއަރިޒަމާބެހޭ ޤާނޫނު (ޤާނޫނު ނަމްބަރު 99/2)، ދިވެހިރާއްޖޭގައި ޓޫރިސްޓް ހޮޓާ ތަރައްޤީކުރުމާއި ހިންގުމާބެހޭ ޤާވާއިދު (ޤަވާއިދު ނަމްބަރު 2013/R-1652)، ދިވެހިރާއްޖޭގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ޤަވާއިދު (ޤަވާއިދު ނަމްބަރު 2010/R-12)، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 93/3 ) އަދި އޭދަފުށީގައި ޓޫރިސްޓް ހޮޓާތަކާއި ގެސްޓްހައުސްތައް ތަރައްޤީކޮށް ހިންގުމުގެ އުސޫލުގެ މައިގަނޑު އަސާސް ކަމުގައިވާ ގްލޯބަލް ސަސްޓެއިނަބަލް ޓޫރިޒަމް ކައުންސިލް (ޖީ.އެސް.ޓީ.ސީ) ގެ ޓޫރިސްޓް ޑެސްޓިނޭޝަން މިންގަނޑުތައް ހާސިލުކުރުމުގެ ކަންކަމަށް ބިނާކޮށެވެ. |
|
|
(ށ) |
މިއުޞޫލަށް ކިޔާނީ "ބ. އޭދަފުށީގައި ޓޫރިސްޓް ހޮޓާ އަދި ގެސްޓްހައިސް ތަރައްޤީކޮށް ހިންގުމުގެ އުޞޫލު" އެވެ. |
މަޤްސަދު އަދި ހުއްދަ ދިނުމުގައި ބަލާނެ މައިގަނޑު ކަންކަން |
2. |
(ހ) |
ބ. އޭދަފުށިގައި ޓޫރިސްޓް ހޮޓާތަކާއި ގެސްޓްހައުސްތައް ތަރައްޤީކޮށް ހިންގުމުގެ ހުއްދަ އޭދަފުށީ ކައުންސިލުން ދިނުމުގައި މައިގަނޑު އަސާސްކަމުގައި ބަލާނީ ޓޫރިސްޓް ހޮޓާތަކާއި ގެސްޓްހައުސްތައް ތަރައްޤީކޮށް ހިންގުމަށް ސައުވެރިވާ ފަރާތުން ކައުންސިލަށް ހުށައަޅާފައިވާ ވިޔަފާރި ތަރައްޤީކުރާނެ ގޮތުގެ ޕްލޭނުގައި ގްލޯބަލް ސަސްޓެއިނަބަލް ޓޫރިޒަމް ކައުންސިލް (ޖީއެސްޓީސީ)ގެ ޑެސްޓިނޭޝަން ކްރައިޓީރިއާތައް ހާސިލުކުރުމަށް ހިމެނިފައިވާ ކަންކަމަށް ބެލުމަށް ފަހުއެވެ. |
|
|
(ށ) |
ފަތުރުވެރިކަމުގެ ސިނާއަތުގައި މުޖުތަމަޢުގެ ބައިވެރިވުމާއި، ފަރުދުންގެ ހިއްސާއާއި، ރަށުގެ އިޤްތިޞާދީ ކުރިއެރުން ހާސިލުވާމިންވަރު.
|
|
|
(ނ) |
ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ރަށުގެ އަދި އަތޮޅުގެ ވަސީލަތްތަކުގެ ބޭނުން ހިފުމަށް ރޭވިފައިވާ އަންނަނިވި ކަންކަން.
|
އިޖްތިމާއީ، އަދި ސަޤާފަތް ކުރިއެރުވުން |
3. |
(ހ) |
އިސްލާމީ އަދި ދިވެހި އާދަކާދައާއި ސަޤާފަތަށް ފަތުރުވެރިން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދޭންވާނެއެވެ. ފަތުރުވެރިން ހެދުން އެޅުމާއި ރަށުތެރޭގައި އުޅޭއިރު އަމަލުކުމަށް ކަމާބެހޭ ފަރާތްތަކާއި މިކައުންސިލުން އަންގާ އެންގުންތަކުގެ މައުލޫމާތު ފަތުރުވެރިންނަށް ހިއްސާކޮށް އާންމުކޮށް ފެންނާނެހެން ބެހެއްޓުން. |
|
|
(ށ) |
ޓޫރިސްޓް ހޮޓާ ނުވަތަ ގެސްޓްހައުސް އިމާރާތްކުރުމުގައާއި ވަޞީލަތްތައް ޤައިމުކުރުމުގައި ދިވެހި ސަޤާފަތާއި ޢިމާރާތްކުރުމުގެ ވައްޓަފާޅި ރަމްޒުކޮށްދިނުމަށް ސަމާލުކަން ދޭންވާނެއެވެ. |
|
|
(ނ) |
އިސްލާމްދީނާއި ދިވެހި ސަޤާފަތަށް އިޙްތިރާމްކުރާ ފަތުރުވެރިކަން ކުރިއެރުވުން. |
ސަރުކާރުގެއިދާރާތަކުން ނަގަން ޖެހޭ ހުއްދަ އަދި އަމަކުކުރަންޖެހޭ އުސޫލުތައް |
4. |
(ހ) |
ޓޫރިސްޓް ހޮޓަލެއް އަދި ގެސްޓް ހައުސްއެއް ބ. އޭދަފުށީގައި އިމާރާތް ކުރުމަށް މިކައުންސިލުގެ އިތުރުން ސަރުކާރުގެ ކަމާގުޅޭ އިދާރާއަކުން އިމާރާތްކުރުމަށް އަދި އިމާރާތް ބޭނުން ކުރުމަށް ހުއްދައެއް ބޭނުންވާ ނަމަ އެހުއްދަގެ ކޮޕީއެއް ހުށައަޅަންވާނެއެވެ. |
|
|
(ށ) |
ދައުލަތުން އެއިރެއްގައި ގްރީން ޓެކްސް ދެއްކުމަށް ކަނޑައަޅާފައިވާ ގޮތުގެ މަތިން ރަޖިސްޓަރީވެ، އެއާ އެއްގޮތަށް ފުރިހަމައަށް ޢަމަލުކުރަންވާނެއެވެ. |
|
|
(ނ) |
ޓީ.ޖީ.އެސް.ޓީ އަދި ގްރީން ޓެކްސް ދެއްކުމަށް މީރާގައި ރަޖިސްޓްރީ ވެފައިވާ ކޮޕީ ހުށަހަޅަންޖެހޭނެއެވެ. |
|
|
(ރ) |
ޓޫރިސްޓް ހޮޓާ ނުވަތަ ގެސްޓްހައުސް ތަރައްޤީކުރާ ބިމަކީ ނުވަތަ ސަރަހައްދަކީ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީގެ މިންތައް ފުރިހަމަވާ އީ.އައި.އޭ އެއް ހަދާން ޖެހޭ ސަރަހައްދެއްނަމަ އެހުއްދަގެ ކޮޕީ ހުށަހަޅަންޖެހޭނެއެވެ. |
|
|
(ބ) |
ޓޫރިސްޓް ހޮޓާ އަދި ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމުގައި ބ. އަތޮޅުގައި ޤާއިމުކުރެވިފައިވާ ޔުނެސްކޯ ބަޔޯސްފިއަރ ރިޒާވްގެ އުޞޫލުތަކާ އެއްގޮތައް އަމަލުކުރަންވާނެއެވެ. މީގެ ތެރޭގައި ކަނޑޫފާ، ފަރުތައް، މަސްމަހާމެހި އަދި ދޫނިސޫފާސޫފީގެ މާހައުލު ރައްކާތެރިކުރަން ވާނެއެވެ. |
|
|
(ބ) |
ބަޔާން ކުރެވިފައި ހުއްދަތަކުގެ އިތުރުން ރާއްޖޭގައި ޓޫރިސްޓް ހޮޓާ ނުވަތަ ގެސްޓްހައުސްގެ އެކިއެކި ހވިޔަފާރި ކާތްތަކަށް މިކައުންސިލުގެ އިތުރުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ އެންމެހައި ލައިސަންސް، ރަޖިސްޓަރީ، ނުވަތަ ހުއްދަ ތަކުގެ ކޮޕީ ހުށައަޅަން ޖެހޭނެއެވެ. |
ޓޫރިސްޓް ހޮޓާ އަދި ގެސްޓްހައުސް އިމާރާތްތައް. |
4. |
(ހ) |
ބ. އޭދަފުށީ ކައުންސިލުން ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނުގައިވާ ގޮތަށް އާންމުކޮށް ބިޑަށް ހުޅުވައިލައިގެން ފަތުރުވެރިކަމުގެ ސިނާއަތަށް ހާއްސަ ކުރެވިފައިވާ ބިން ބިމުގައި އިމާރާތް ކުރާ ޓޫރިސްޓް ހޮޓާ އަދި ގެސްޓްހައުސް އަދި އަމިއްލަ ފަރުދުންގެ ބިންބިމުގައި އިމާރާތްކުރާތް ކުރާ ގެސްޓްހައުސްއެއްގައި އެންމެ ގިނަވެގެން ހެދޭނީ 50 ކޮޓަރިއެވެ. އަދި ހޮޓަލެއްގައި އެންމެ ގިނަވެގެން ހެދޭނީ 100 ކޮޓަރިއެވެ. އަދި ކޮޓަރިތައް ހުންނަންވާނީ ދިވެހިރާއްޖޭގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ޤަވާއިދު (ޤަވާއިދު ނަމްބަރު 2010/R-12) ބަޔާން ކޮށްފައިވާ މިންގަނޑު ތަކަށެވެ. |
|
|
(ށ) |
ބ. އޭދަފުށީގައި އެންމެ ގިނަވެގެން ހިންގޭނެ ޓޫރިސްޓް ހޮޓާ ނުވަތަ ގެސްޓްހައުސްގެ އަދަދު ކައުންސިލުން ކަނޑައަޅާ އާންމުކޮށް އިއުލާން ކުރަންވާނެއެވެ. |
|
|
(ނ) |
ބ. އޭދަފުށީގައި ޓޫރިސްޓް ހޮޓާ ނުވަތަ ގެސްޓްހައުސްގެ އިމާރާތް ބޭނުންކުރުމުގެ ހުއްދަ ކައުންސިލުން ހޯދަންވާނެއެވެ. |
ހުއްދައަށް އެދުމާއި ހުއްދަ ދިނުމުގެ މަރުހަލާ |
5. |
(ހ) |
ބ. އޭދަފުށީގައި ޓޫރިސްޓް ހޮޓާ އަދި ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމުގެ ހުއްދައަށް އެދި ތިރީގައިވާ ތަކެތި ހުށަހަޅަންވާނެއެވެ:
|
|
|
(ށ) |
ބ. އޭދަފުށީގައި ޓޫރިސްޓް ހޮޓާ އަދި ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމުގެ ހުއްދައަށް ބޭނުންވާ އެންމެހައި ލިޔެކިއުންތައް ހުށައަޅާތާ ލަސްވެގެން 15 (ފަނަރަ ދުވަސް) ތެރާގައި ކައުންސިލުން ހުއްދަ ދިނުމާމެދު ގޮތެއް ނިންމައި އެފަރާތަށް ކައުންސިލުން ލިއުމުން އަންގަންވާނެއެވެ. މުއްދަތު ގުނުމުގައި ބަންދު ދުވަސްތައް ނުހިމެނޭނެއެވެ. |
|
|
(ނ) |
ބ. އޭދަފުށީގައި ޓޫރިސްޓް ހޮޓާ އަދި ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމުގެ ހުއްދައަށް މިއުޞުލާ އެއްގޮތްވާ ގޮތުގެ މަތީން މިކައުންސިލުގެ ހުއްދަ ހޯދުމަށް ހުށަހަޅާ އެޕްލިކޭޝަންތައް މުރާޖަޢާކޮށް ހުއްދަ ދޭނީ މިކައުންސިލުންނެވެ. |
|
|
(ރ) |
ޓޫރިސްޓް ހޮޓަލެއް އަދި ގެސްޓް ހައުސްއެއް ބ. އޭދަފުށީގައި ހިންގަންވާނީ، މިއުޞުލާ އެއްގޮތްވާ ގޮތުގެ މަތީން މިކައުންސިލުގެ ހުއްދަ ހޯދުމަށް ފަހު، ދިވެހިރާއްޖޭގެ ޓުއަރިޒަމާބެހޭ ޤާނޫނު (ޤާނޫނު ނަމްބަރު 99/2)، ދިވެހިރާއްޖޭގައި ޓޫރިސްޓް ހޮޓާ ތަރައްޤީކުރުމާއި ހިންގުމާބެހޭ ޤާވާއިދު (ޤަވާއިދު ނަމްބަރު 2013/R-1652)، ދިވެހިރާއްޖޭގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ޤަވާއިދު (ޤަވާއިދު ނަމްބަރު 2010/R-12) އާއި އެއްގޮތްވާ ގޮތުގެ މަތީން ހުއްދަ ހޯދުމަށް ފަހުއެވެ. |
އުޞޫލަށް އަމަލުކުރުން |
6. |
(ހ) |
މިއުޞޫލަށް އަމަލުކުރާނީ މިޢުޞޫލު މިކައުންސިލުން ފާސްކޮށް ދައުލަތުގެ ގެޒެޓުގައި ޝާއިރުކުރާ ތާރީހުން ފެށިގެންނެވެ. |